މުދަލު ޒަކާތުގެ ނިސާބު ދަށްކޮށްފި

މުދަލު ޒަކާތުގެ ނިސާބު ދަށްކޮށްފި އެވެ. މޯލްޑިވްސް ޒަކާތް ހައުސްއިން ބުނީ މިއަދުން ފެށިގެން މުދަލު ޒަކާތުގެ ނިސާބަކީ 19،266.10 ރުފިޔާ ކަމަށެވެ. މިއީ މިއަހަރު މުދަލު ޒަކާތުގެ ނިސާބަތް ބަދަލު ގެނައި ދެ ...

20 Aug 2026 | 11:25
މީހަކު ޒަކާތް ދައްކަނީ -- ފޮޓޯ: ޒަކާތު ހައުސް

މީހަކު ޒަކާތް ދައްކަނީ -- ފޮޓޯ: ޒަކާތު ހައުސް

މުދަލު ޒަކާތުގެ ނިސާބު ދަށްކޮށްފި އެވެ.

މޯލްޑިވްސް ޒަކާތް ހައުސްއިން ބުނީ މިއަދުން ފެށިގެން މުދަލު ޒަކާތުގެ ނިސާބަކީ 19،266.10 ރުފިޔާ ކަމަށެވެ. މިއީ މިއަހަރު މުދަލު ޒަކާތުގެ ނިސާބަތް ބަދަލު ގެނައި ދެ ވަނަ ފަހަރެވެ.

އެންމެ ފަހުން ނިސާބަށް ބަދަލު ގެނައީ މިދިޔަ އޭޕްރިލް މަހު އެވެ. އެ ފަހަރު 21،836.50 ރުފިޔާއަށް ޒަކާތުގެ ނިސާބު ބޮޑު ކުރި އެވެ. އޭގެ ކުރިން މުދަލު ޒަކާތުގެ ނިސާބު ހުރީ  19،527.90 ރުފިޔާގައި އެވެ.

މުދަލު ޒަކާތުގެ ގޮތުގައި ނެރެންޖެހެނީ އެ މީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރުވުމުން، ޝަރުއީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައިކުޅަ އެއްބައި (2.5 އިންސައްތަ) އެވެ.

ޒަކާތު ހައުސިން އިން މީގެ ކުރިން ބުނީ މުދަލު ޒަކާތް ނަގަން ފެށި ފަހުން އެންމެ ގިނައިން ޒަކާތްދެއްކީ މިދިޔަ އަހަރު ކަމަށެވެ. އެގޮތުން މިދިޔަ އަހަރު 107.21 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް