އެމްއެމްއޭގެ ދެ ގަވާއިދަކަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި

މާލީ ހިދުމަތް ހޯދާ ފަރާތްތައް ހިމާޔަތްކުރުމާ ގުޅޭ ގަވާއިދަކާއި ކަސްޓަމަރުންގެ ވަނަވަރު ކަށަވަރުކުރުމާ ބެހޭ ގަވާއިދަކަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ...

20 Aug 2026 | 05:30
N/A

N/A

މާލީ ހިދުމަތް ހޯދާ ފަރާތްތައް ހިމާޔަތްކުރުމާ ގުޅޭ ގަވާއިދަކާއި ކަސްޓަމަރުންގެ ވަނަވަރު ކަށަވަރުކުރުމާ ބެހޭ ގަވާއިދަކަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހުޅުވާލައިފިއެވެ.

ހިޔާލު ހޯދުމަށް ހުޅުވާލާފައިވާ ފުރަތަމަ ގަވާއިދަކީ ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަން ރެގިއުލޭޝަނެވެ. މި ގަވާއިދު އެކުލަވާލާފައި ވަނީ މާލީ ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް އެ ފަރާތްތަކަށް ހިމާޔަތް ކަށަވަރުކޮށްދިނުމުގެ ބޭނުމުގައެވެ.

ދެވަނައަށް ހިޔާލު ހޯދާ ގަވާއިދަކީ ސިމްޕްލިފައިޑް އަދި އިލެކްޓްރޯނިކް ކަސްޓަމަރ ޑިއު ޑެލިޖަންސް ރެގިއުލޭޝަނެވެ. މަނީ ލޯންޑަރިންނާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކަސްޓަމަރުންގެ ވަނަވަރު ދެނެގަތުމާއި އެ މައުލޫމާތު ސައްހަކަން ކަށަވަރުކުރުމުގައި ތަބާވާންޖެހޭ މިންގަނޑުތައް ކަނޑައެޅުމަށް ބައްޓަންކޮށްފައިވާ ގަވާއިދެކެވެ.

މާލީ އިދާރާތަކާއި ކަމާ ގުޅޭ އެކި މުއައްސަސާތަކުގެ މަޝްވަރާ ހޯދައިގެން ތައްޔާރުކޮށްފައިވާ މި ދެ ގަވާއިދަށް 26 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން ހިޔާލު ހުށަހެޅޭނެއެވެ. ހިޔާލު ފޮނުވާނީ އީމެއިލް މެދުވެރިކޮށް އެމްއެމްއޭއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް