މައްކާގެ ގުރުއާން މުބާރާތުން ދިވެހި ހާފިޒާއަކު ހަތަރު ވަނަ - އިނާމެއްގެ ގޮތުގައި އެއް ލައްކަ 70 ހާސް ރިޔާލް

މައްކާގައި މިރޭ ނިމުނު ދުނިޔޭގެ އެންމެ ބޮޑު ގުރުއާން ހިތުން ކިޔެވުމުގެ މުބާރާތުގެ މުޅި ގުރުއާން ހިތުން ކިޔެވުމުގެ ގޮފިން ރާއްޖެ ތަމްސީލުކުރި އަލްހާފިޒާ ފާތިމަތު ޝާޔާ ޒާހިރު ހަތަރު ވަނަ ހާސިލުކޮށް އިނާ...

20 Aug 2026 | 04:03
N/A

N/A

މައްކާގައި މިރޭ ނިމުނު ދުނިޔޭގެ އެންމެ ބޮޑު ގުރުއާން ހިތުން ކިޔެވުމުގެ މުބާރާތުގެ މުޅި ގުރުއާން ހިތުން ކިޔެވުމުގެ ގޮފިން ރާއްޖެ ތަމްސީލުކުރި އަލްހާފިޒާ ފާތިމަތު ޝާޔާ ޒާހިރު ހަތަރު ވަނަ ހާސިލުކޮށް އިނާމުގެ ގޮތުގައި 170000 ރިޔާލް ހޯދައިފިއެވެ.

މއ. އަސާސް ޝާޔާ މި ވަނަ ހާސިލުކުރީ 133 ގައުމެއްގެ ބައިވެރިން ވާދަކުރި 46 ވަނަ މުބާރާތުގައެވެ. މި މުބާރާތުގެ 46 އަހަރުގެ ދިގު ތާރީހުގައި އަންހެން ކުދިންގެ ގޮފެއް ހުޅުވައި އަންހެން ބައިވެރިން ވާދަކުރި ފުރަތަމަ ފަހަރަކީ މިއީއެވެ.

ނަތީޖާ އިއުލާނުކުރީ ހަރަމްފުޅުގައި ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ. އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ މައްކާގެ އަމީރުގެ ނައިބު ޕްރިންސް ސުއޫދު ބިން މިޝްއަލް ބިން އަބްދުލްއަޒީޒެވެ. ސައޫދީ އިސްލާމިކް ވަޒީރު ޑރ. އަބްދުއްލަތީފް އާލުއްޝައިހާއި ހަރަމްފުޅުގެ އިމާމު ޝައިހު ޑރ. އަބްދުއްރަހްމާނުއް ސުދައިސް ވެސް އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ސައޫދީ އިސްލާމިކް ވަޒީރު ޑރ. އަބްދުއްލަތީފް ވަނީ ޝާޔާއާއި އޭނާގެ ބެލެނިވެރިންގެ ގާތަށް ވަޑައިގެން ތަހުނިޔާ ދަންނަވައި ހިތްވަރު ދެއްވާފައެވެ.

ދިވެހިރާއްޖެ ތަމްސީލުކުރި ބައިވެރިއަކު މި މުބާރާތުން ވަނައެއް ހާސިލުކުރުމަކީ ރާއްޖެއަށް ލިބުނު ބޮޑު ޝަރަފެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް