ދިރާގުން އީދު ސަޔާއި އީދު ހަދިޔާ ހަރަކާތް ބާއްވައިފި

ދިރާގުން ފިތުރު އީދުގެ މުނާސަބަތުގައި މިއަދު ހެނދުނު "ދިރާގު އީދު ސައި" ގެ ނަމުގައި ހެނދުނުގެ ނާސްތާ ހަރަކާތެއް ބާއްވައި، ކުޑަ ކުދިންނަށް "އީދު ހަދިޔާ" ބަހައިފިއެވެ. އީދު ސައި ކުރިއަށް ގެންގޮސްފައިވަނ...

20 Mar 2026 | 17:18
N/A

N/A

ދިރާގުން ފިތުރު އީދުގެ މުނާސަބަތުގައި މިއަދު ހެނދުނު "ދިރާގު އީދު ސައި" ގެ ނަމުގައި ހެނދުނުގެ ނާސްތާ ހަރަކާތެއް ބާއްވައި، ކުޑަ ކުދިންނަށް "އީދު ހަދިޔާ" ބަހައިފިއެވެ.

އީދު ސައި ކުރިއަށް ގެންގޮސްފައިވަނީ މާލޭގެ ކިންގް ސަލްމާން މިސްކިތް ސަރަހައްދާއި ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ. ދެ ސަރަހައްދުންވެސް ގިނަ އަދަދެއްގެ މީހުން މި ހަރަކާތުގައި ބައިވެރިވެފައިވާ ކަމަށް ދިރާގުން ބުނެއެވެ.

އީދު ނަމާދަށްފަހު ކުޑަ ކުދިންނަށް ހަދިޔާ ބެހުމުގެ ހަރަކާތް، އެހެން އަހަރުތެކެކޭ ވެސް އެއްފަދައިން، މާލެއާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ހަތް އަތޮޅެއްގައި ކުރިއަށް ގެންގޮސްފައިވާ ކަމަށް ދިރާގުން ބުނެއެވެ. އެއީ ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ލ. ގަން، ބ. އޭދަފުށި އަދި އދ. ދަނގެއްޗެވެ.

ދިރާގުން ދަނީ އިޖްތިމާއީ ތަފާތު ހަރަކާތްތައް ބާއްވައި، މުޖުތަމައުގެ ތެރޭގައި ގުޅުން ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް