N/A
ބޭންކް އޮފް މޯލްޑިވްސް އިން މަމްސް އެއިޑްގެ ބެކް ޓު
ސްކޫލް ކެމްޕޭނަށް 100،000 ރުފިޔާ ހަދިޔާކޮށްފިއެވެ.
މި ކެމްޕޭނަކީ ކުރިއަށް އޮތް ދިރާސީ އާ އަހަރާ ދިމާކޮށް
ސްކޫލަށް ތައްޔާރުވުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އާއިލާތަކަށް އެހީތެރިވުމަށް
ހިންގާ ކެމްޕޭނެކެވެ. މި ކެމްޕޭނުން މަމްސް އެއިޑުގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކަށް
އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ވޭތުވެދިޔަ އަހަރުތަކުގައި މަމްސް އެއިޑުން ހިންގި އެކި
ހަރަކާތްތަކަށްވެސް ބޭންކުން ވަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.
މިގޮތުން މިދިޔަ އަހަރު ބީއެމްއެލް އިސްލާމިކުން ބެކް ޓު ސްކޫލް ކެމްޕޭނަށް ހަދިޔާކޮށް،
100 ކުދީންނަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް