ބީއެމްއެލްއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރުފިޔާ އަދި ޑޮލަރު އޭޓީއެމް ސެންޓަރު ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސްއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް ދެ އޭޓީއެމް ސެންޓަރ ގާއިމުކޮށް، ބޭންކުގެ އޭޓީއެމް ވިއުގަ އިތުރަށް ފުޅާކޮށްފިއެވެ. މިއާއެކު ހުޅުމާލޭ ދެވަނަ ފިޔަވަހީ ގައި ދިރިއުޅޭ ފަރާތްތ...

19 Dec 2025 | 10:51
N/A

N/A

ބޭންކް އޮފް މޯލްޑިވްސްއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް ދެ އޭޓީއެމް

ސެންޓަރ ގާއިމުކޮށް، ބޭންކުގެ އޭޓީއެމް ވިއުގަ އިތުރަށް ފުޅާކޮށްފިއެވެ.

މިއާއެކު ހުޅުމާލޭ ދެވަނަ ފިޔަވަހީ ގައި ދިރިއުޅޭ

ފަރާތްތަކަށް ދިވެހި ރުފިޔާއާއި ޑޮލަރުގެ މުއާމަލާތްކުރުމަށް ލުއިފަސޭހަކަން ލިބޭނޭ ކަމަށާއި

ބޭންކިންގ

ޚިދުމަތްތަކަށް ވާސިލުވެވޭނޭކަމުގައި ބީއެމްއެލްއިން ބުނެފައިވެއެވެ.

އެގޮތުން ދެވަނަ ފިޔަވަހީގައި ބޭންކުގެ ޚިދުމަތް

ފުޅާކުރުމަށް ހިޔާ ޓަވަރުގެ ހަޔަކާއި ޖެހިގެން އޮންނަ ބިމުގައި ރުފިޔާ

އޭޓީއެމް ސެންޓަރެއް ގާއިމުކޮށް އެކު ހިޔާ ގައި (ސްޓެލްކޯ ފްލެޓްތައް

ކުރިމަތީގައި) ރުފިޔާ އަދި ޑޮލަރު އޭޓީއެމް ސެންޓަރެއް ވަނީ ގާއިމުކޮށްފައެވެ.

މި ޚިދުމަތްތައް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ

އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު އާއި ބީއެމްއެލްގެ ޗެއާޕަރސަން

އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި

ބީއެމްއެލްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބީއެމްއެލްގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް

ވިދާޅުވީ ބީއެމްއެލްއިން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ

މުޖުތަމައުތަކަށް ވީހާވެސް ފަސޭހައިން މާލީ ޚިދުމަތްތަކަށް ވާސިލުވެވޭނެ ގޮތް

ހަމަޖެއްސުމަށް ކަމަށެވެ.

"ހުޅުމާލެ ފޭސް 2 އަކީ ކުރިއަރަމުން

އަންނަ ސަރަހައްދެއް. މި އޭޓީއެމް ސެންޓަރުތަކުން ރަމްޒުކޮށްދެނީ ފަރުދުންނާއި

ވިޔަފާރިތަކުގެ ބޭނުންތައް ފުރިހަމަކޮށްދިނުމަށް ފަސޭހަ އަދި އިތުބާރުހިފޭ

ޚިދުމަތެއް ފޯރުކޮށްދިނުމަށް މި ބޭންކުން ދޭ އަހުމިއްޔަތުކަން"

ޝަރީފް ވިދާޅުވިއެވެ.

ދެވަނަ ފިޔަވަހީގައި ގާއިމުކުރެވުނު އާ

އޭޓީއެމް ސެންޓަރުތަކުގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ހުޅުމާލޭ

ފުރަތަމަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ބޭންކުގެ ބްރާންޗާއި ސެލްފް ސަރވިސް

ހަތަރު

ބޭންކިންގ އޭޓީއެމް ސެންޓަރުތަކުންނާއި ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް

ބޭންކިންގ ސެންޓަރ މެދުވެރިކޮށް މިހާރުވެސް ހުޅުމާލޭގައި ފުރިހަމަ ބޭންކިންގ

ޚިދުމަތެއް ފޯރުކޮށްދެމުންނެވެ. އަދި މީގެ އިތުރުން ބޭންކުން އަންނަނީ ހުޅުމާލޭ ފުރަތަމަ

ފިޔަވަހީގައި

ހުންނަ ރެނާޓަސް އިތާ މުއި އިމާރާތުގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ދެމުންނެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި

42 ބްރާންޗް، 267 އޭޓީއެމްގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި

ގާއިމުކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުތަކާއި އެންމެ ޒަމާނީ އޮންލައިން

ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް