ހަތަރު ފޯނާއި ވޮލެޓަކާއި 180 ޕެކެޓު ބަދަން ފުލުހުންގެ އަތުގައި – ވެރި ފަރާތް ހޯދަނީ

ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހޮވައިގެން ގެނެސްފައިވާ ހަތަރު ފޯނަކާއި ވަގަށް ނަގާފައިވާކަމަށް ބެލެވޭ 180 ޕެކެޓު ބަދަން ފުލުހުންގެ އަތުގައި އެބަހުރިކަން ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން ބުރާ...

19 Sep 2025 | 17:48
ދިވެހި ފުލުހުން -

ދިވެހި ފުލުހުން -

ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހޮވައިގެން

ގެނެސްފައިވާ ހަތަރު ފޯނަކާއި ވަގަށް ނަގާފައިވާކަމަށް ބެލެވޭ 180 ޕެކެޓު ބަދަން

ފުލުހުންގެ އަތުގައި އެބަހުރިކަން ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުރާސްފަތި ދުވަހު ބުނެފައިވަނީ އެކި

މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް

ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ

ތަކެއްޗާއި ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލު ކުރި ބައެއް މީހުންގެ

އަތުން ފެނިފައިވާ ތަކެތި، ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައިނުވާތީ އެތަކެތި

އެބަހުރި" ފުލުހުން ބުނެފައިވެއެވެ.

އެތަކެތީގެ ތެރޭގައި ހިމެނެނީ މިދިޔަ ހޯމަ ދުވަހު ބޮޑުތަކުރުފާނު

މަގާއި އަލިކިލެގެފާނު މަގު ގުޅޭ ހިސާބުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި

މީހެއްގެ އަތުން ފެނިފައިވާ، ވަގަށް ނަގާފައިވާކަމަށް ބެލެވޭ 180 ޕެކެޓު ބަދަނާއި

މިދިޔަ ބުދަ ދުވަހު ހުޅުމާލޭ ޗަނބޭލީމަގު ކޮރަލްވިލް 7 ކައިރިން ހޮވައިގެން

ގެނެސްފައިވާ މޯބައިލް ފޯނެކެވެ.

އަދި މިދިޔަ އާދީއްތަ ދުވަހު ހުޅުމާލޭ މެރީ

ބްރައުން ކައިރިން ހޮވައިގެން ގެންގޮސްފައިވާ ވޮލެޓަކާއި މި މަހުގެ 12 ވަނަ ދުވަހު

ޓެކްސީއަކުން ހޮވައިގެން ގެންގޮސްފައިވާ ސެމްސަންގް ބްރޭންޑުގެ މޯބައިލް ފޯނަކާއި ހަމަ

އެ ދުވަހު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ލަކުޑި ޖެޓީގެ ބެންޗެއް މަތިން ހޮވައިގެން

ގެންގޮސްފައިވާ އެމްއައި ބްރޭންޑުގެ މޯބައިލް ފޯނަކާއި މި މަހުގެ 13 ވަނަ ދުވަހު

ހިޔާ ޓަވަރު ކައިރިން ހޮވައިގެން ގެންގޮސްފައިވާ އައި ފޯނެއް ހިމެނޭކަމަށްވެސް

ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އެދިފައިވަނީ އެތަކެތީގެ ވެރިފަރާތުން އެ

ސަރަހައްދެއްގެ ޕޮލިސް ސްޓޭޝަނަށް ގުޅުއްވައި މަޢުލޫމާތު ހިއްސާ ކުރުމަށެވެ. އަދި

ކާކުކަން އެނގޭ ލިޔުމަކާއެކު ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް