ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ގާޒީ އިހުސާން 60 ދުވަހަށް ސަސްޕެންޑުކޮށްފި

ސިވިލް ކޯޓުގެ ގާޒީ ޢަބްދުﷲ އިހުސާންގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތެއް ކުރެވި އެ މައްސަލައިގެ ތަޙުޤީޤާ ގުޅިގެން 60 ދުވަހުގެ މުއްދަތަކަށް އޭނާ ވަޒީފާއިން އެކަހެރިކުރި ކަމަށް ޖުޑީޝަލް ސާވިސް ކޮ...

19 Aug 2026 | 17:32
ޖޭއެސްސީ -- ފޮޓޯ: އަދަދު

ޖޭއެސްސީ -- ފޮޓޯ: އަދަދު

ސިވިލް ކޯޓުގެ ގާޒީ ޢަބްދުﷲ އިހުސާންގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތެއް ކުރެވި އެ މައްސަލައިގެ ތަޙުޤީޤާ ގުޅިގެން 60 ދުވަހުގެ މުއްދަތަކަށް އޭނާ ވަޒީފާއިން އެކަހެރިކުރި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ބުނެފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއެއްގެ ތެރެއިން ގާޒީ އިހުސާނާ ދެކޮޅަށް ޖިންސީ ފުރައްސާރައިގެ ތުހުމަތެއް ފެންމަތިވެ އެ މައްސަލައިގެ ބާވަތާއި ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ ގޮތުން ކޮމިޝަނުން ވަކި ގޮތެއް ކަނޑައެޅެންދެން އޭނާ ސަސްޕެންޑްކުރީ މިއަދުން ފެށިގެންނެވެ.

ގާޒީ އިހުސާން ސަސްޕެންޑްކުރި ޚަބަރު ބައެއް މީޑިއާތަކުން ސިވިލް ކޯޓުގައި ހިނގާ ވަކި މައްސަލައަކާ ގުޅުވައިގެން ގެނެސްދީފައިވާތީ ޖޭއެސްސީން ވަނީ އެ ވާހަކަ ދޮގުކޮށްފައެވެ. ކޮމިޝަނުން ސާފުކޮށްދީފައިވާ ގޮތުގައި ގާޒީ ވަގުތީ ގޮތުން މަސައްކަތުން ދުރުކުރީ ހަމައެކަނި އެ ކޮމިޝަނަށް ހުށަހެޅި ޖިންސީ ފުރައްސާރައިގެ ތުހުމަތާ ގުޅިގެންނެވެ.

ތަޙުޤީޤުގެ ތެރެއިން ކަށަވަރުކުރަންޖެހޭ ކަންކަން ފުރިހަމަކޮށް ގާޒީ އިހުސާންގެ ބަޔާން ނެގުމުގެ އިތުރުން މައްސަލައާ ގުޅޭ އެހެން ފަރާތްތަކެއްގެ ބަސް ވެސް ހޯދާފައިވާ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ. އޭނާ މަޤާމުގައި ދެމިހުރެއްޖެ ނަމަ ތަޙުޤީޤަށް ހުރަސް އެޅިދާނެ ކަމަށް ފެންނާތީ ސަސްޕެންޝަންގެ ނިންމުން ނެގީ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.

ގާޒީ އިހުސާންގެ ސަސްޕެންޝަން ދެމިއޮންނާނީ 60 ދުވަހަށް ކަމަށް ވާއިރު އެ މުއްދަތުގެ ތެރޭގައި ޖޭއެސްސީން ތަޙުޤީޤު ނިންމައި ވަކި ގޮތެއް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް