މެލޭޝިއާ އެއާލައިންގެ ފްލައިޓެއް --
މެލޭޝިއާ އެއާލައިންގެ ހުރިހާ ޕައިލެޓުން ސްކްރީނިން ހެދި އިރު އެންމެން ވެސް ނެގެޓިވް ނަތީޖާ ދައްކާފައިވާ ކަމަށް އެ ކުންފުނީގެ ބެލެނިވެރި ފަރާތް ކަމުގައިވާ މެލޭޝިއާ އޭވިއޭޝަން ގުރޫޕް (އެމްއޭޖީ) މިއަދު ބުނެފިއެވެ.
މެލޭޝިއާ އެއާލައިންސްގެ ޕައިލެޓަކު ޖުލައި 28 ގައި ކުއާލަ ލަމްޕޫރުން ޖަކާޓާއަށް ދަތުރުކޮށް ޖަކާޓާއަށް ފޭބި ވަގުތު އޭނާގެ ލަގެޖުން 26 ކިލޯގެ ޑްރަގްސް ފެނިގެން ހައްޔަރުކޮށްފައިވެއެވެ. އެ ޕައިލެޓުގެ ކުޑަކަމުދާ ތަކެތީގެ ޓެސްޓުން ކޮކެއިންއާއި މެތައެމްފެޓަމީންގެ އަސަރު ވެސް ފެނިފައިވާ ކަމަށް އިންޑޮނީޝިއާގެ ކަސްޓަމްސް އޮފީހުން ބުނެފައިވެއެވެ.
އެ ހާދިސާއާ ގުޅިގެން ފެށި މަޖުބޫރު ސްކްރީނިން ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ޕައިލެޓުން ޓެސްޓުކޮށް ނިމިފައިވާ އިރު ދެވަނަ ބުރުގެ ދަށުން މެލޭޝިއާ އެއާލައިންސްގެ ގާތްގަނޑަކަށް 2840 ކެބިން ކުރޫ ސްކްރީންކުރުމަށް ހަމަޖެހިފަިއވެ އެވެ.
އެމީހުންގެ ސްކްރީނިން ކުރިޔަށް ދާނީ އޮގަސްޓް 18 އިން ސެޕްޓެމްބަރު ތިނެއްގެ ނިޔަލަށެވެ.
އެމްއޭޖީގެ ރައީސް އަދި ގުރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރު ކެޕްޓަން ނަސާރުއްދީން އޭ. ބަކަރް ވިދާޅުވީ "ފުރަތަމަ ބުރު ފުރިހަމަވުމަކީ އަޅުގަނޑުމެން ތަންފީޒުކުރަން ޢަޒުމް ކަނޑައެޅި ފިޔަވަޅުތަކުގެ މުހިންމު ލަނޑުދަނޑިއެއް ނަމަވެސް މި މަސައްކަތް މިހިސާބަކުން ނުނިމޭ" ކަމަށެވެ. އޭނާ އިތުރަށް ބުނީ "އެހެނިހެން އޮޕަރޭޝަނަލް ގުރޫޕްތައް ވެސް ސްކްރީންކޮށް ހުރިހާ އެއާލައިނެއްގައި ހަމަ އެ ހަރުދަނާ މިންގަނޑު ޤާއިމުކުރަމުން ގެންދާނެ" ކަމަށެވެ. "ކޮންމެ ނިންމުމެއްގެ ވެސް ފެށޭ ނުކުތާއަކީ ރައްކާތެރިކަން އަދި ފެންވަރު ދެމެހެއްޓުމަށާއި ފަސިންޖަރުންނާއި ސްޓޭކްހޯލްޑަރުންގެ އިތުބާރު ދެމެހެއްޓުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުން ކުރިއަށް ގެންދާނެ" ކަމަށް ވެސް އޭނާ ބުންޏެވެ.
އެމްއޭޖީގެ ދަށުން ކުރު ރާސްތާ ދަތުރުތައް ކުރާ ފަޔާފްލައި އެއާލައިންގެ 158 ޕައިލެޓުންނާއި 163 ކެބިން ކުރޫގެ ތެރެއިން ދެބައިކުޅަ އެއްބައިގެ ޓެސްޓު ވެސް މިހާތަނަށް ނެގެޓިވް ނަތީޖާ ދައްކާފައިވާ ކަމަށް އެމްއޭޖީން ބުނެފައިވެއެވެ. ފަޔާފްލައިގެ ބާކީ ތިބި ޕައިލެޓުންނާއި ކެބިން ކުރޫގެ ސްކްރީނިން ވެސް އޮގަސްޓް 25 ގެ ކުރިން ނިންމާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އެމްއޭޖީގެ ދަށުގައި މެލޭޝިއާ އެއާލައިންސްގެ އިތުރުން ފަޔާފްލައިއާއި ޙައްޖު ދަތުރުތައް ކުރާ އެއާލައިނެއް ކަމުގައިވާ އަމަލް ވެސް ހިންގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް