އައްޑޫ އާއި ބެންގަލޫރުގައި ކޮންސިއުލޭޓު ގާއިމް ކުރާ ވާހަކަ ފޮރިން މިނިސްޓްރީން ދޮގުކޮށްފި

މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި ބޭރު ޤައުމެއްގެ ކޮންސުލޭޓެއް ހެދުމާ މެދު ސަރުކާރުން އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ. ފޮރިން މިނިސްޓްރީން މިހެން ބުނެ...

19 Aug 2026 | 10:24
ފޮރިން މިނިސްޓްރީ --

ފޮރިން މިނިސްޓްރީ --

މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި ބޭރު ޤައުމެއްގެ ކޮންސުލޭޓެއް ހެދުމާ މެދު ސަރުކާރުން އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން މިހެން ބުނެފައި މިވަނީ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް އަދި އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމް ކުރުމަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ސޯޝަލް މީޑިއާގައި ވާހަކަދެކެވިފައި ވަނިކޮށެވެ. އަދި ބައެއް ނޫސްތަކުންވެސް މިވާހަކަ ރިޕޯޓުކޮށްފައިވެ އެވެ.

މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓެއް އަދި ބެންގަލޫރުގައި ރާއްޖޭގެ ކޮންސުލޭޓެއް ޤާއިމުކުރާ ކަމަށް ދައުރުވި ޚަބަރުތަކަކީ ދޮގެއް ކަމަށެވެ.

މިފަދަ ނިންމުމެއް ނިންމާނީ ކަމާ ގުޅޭ އެންމެހައި ފަރާތްތައް ބައިވެރިކޮށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް ސަރުކާރުން ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ނޫސްތަކާއި ސޯޝަލް މީޑިއާގައި ޒިންމާދާރު ގޮތެއްގައި ތެދު މަޢުލޫމާތު ފެތުރުމަކީ މުޖުތަމަޢުގެ ހަމަޖެހުމާއި ރައްޔިތުން ހޭލުންތެރިކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވެސް ޚާރިޖީ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް