އިންޑިއާގައި އަންހެނުންތަކެއް ބަހަށް އަރަނީ --
ޓެމިލް ނާޑޫ ސަރުކާރުން ތިންވަނަ ދަރިފުޅަށް ވިހެއުމުގެ ޗުއްޓީ އެއް އަހަރަށް އިތުރުކޮށްފި
އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓް ސަރުކާރުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ތިންވަނަ ދަރިފުޅު ލިބުމުން ދެމުން ވިހެއުމުގެ ޗުއްޓީ 365 ދުވަހަށް ބަދަލުކުރާނެ ކަމަށް އެ ސްޓޭޓް ސަރުކާރުން އިއްޔެ އިޢުލާންކޮށްފިއެވެ.
މިހާރު ލިބެމުން އަންނަނީ 12 ހަފްތާގެ ޗުއްޓީ އެކެވެ.
މި ބަދަލާ އެކު ފުރަތަމަ ދެ ދަރިންނަށް ލިބޭ އެއް އަހަރުގެ ވިހެއުމުގެ ޗުއްޓީ ތިންވަނަ ދަރިފުޅަށް ވެސް ހަމަހަމައަށް ލިބިގެންދާނެއެވެ. މީގެ ކުރިން ދެ ދަރިން ނުވަތަ އެއަށްވުރެ ގިނަ ދަރިން ތިބި އަންހެން މުވައްޒަފުންނަށް ލިބެނީ ފުރިހަމަ މުސާރައާ އެކު 12 ހަފުތާ (84 ދުވަސް) ގެ ޗުއްޓީއެވެ.
އެ އުސޫލު ހަމަޖެހިފައި އޮތީ ސުޕްރީމް ކޯޓުގެ އެންގެވުންތަކާއި ސްޓޭޓް އިސްލާޙުތަކާ އެއްގޮތަށެވެ.
ޓެމިލް ނާޑޫގެ ހިއުމަން ރިސޯސަސް މެނޭޖްމެންޓް ވަޒީރު ޑީ. ސަރަތުކުމާރު ސްޓޭޓް އެސެމްބްލީގައި ބަޖެޓް ބަހުސްގެ ތެރޭގައި ވާހަކަ ދައްކަމުން ބުނީ "ޓެމިލް ނާޑޫ ސަރުކާރަކީ އިޖުތިމާޢީ ރައްކާތެރިކަމާއި އަންހެނުން ބާރުވެރިކުރުވުމަށް އިސްކަންދޭ ވެލްފެއާ ސަރުކާރެއް ކަމުން އަންހެން ސަރުކާރު މުވައްޒަފުންގެ ތިންވަނަ ދަރިފުޅަށް މިހާރު ދެމުން އަންނަ ވިހެއުމުގެ ޗުއްޓީ 12 ހަފުތާއިން 365 ދުވަހަށް އިތުރުކުރާނެ" ކަމަށެވެ.
ޓެމިލް ނާޑޫގައި ވިހެއުމުގެ ޗުއްޓީ މަރުހަލާތަކަކުން އައީ އިތުރުވަމުންނެވެ. 2011 ވަނަ އަހަރު 90 ދުވަހުން ހަ މަހަށް 2016 ވަނަ އަހަރު ނުވަ މަހަށް އަދި 2021 ވަނަ އަހަރުގެ ޖުލައިގައި 365 ދުވަހަށް ބަދަލުކޮށްފައިވެއެވެ. މި ބަދަލުތައް ގެނެސްފައި ވަނީ އެކި ދައުރުތަކުގައި ވެރިކަން ކުރި އޭއައިއޭޑީއެމްކޭ އާއި ޑީއެމްކޭ ސަރުކާރުތަކުންނެވެ.
އެސެމްބްލީގައި ކުރި އިޢުލާނަށް ޢަމަލީ ސިފަ ގެނައުމަށް ވަރަށް އަވަހަށް ތަފްސީލީ ސަރުކާރު އަމުރެއް ނެރޭނެ ކަމަށް އެ ސްޓޭޓް ސަރުކާރުގެ އިސް އޮފިޝަލަކު ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް