ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީއެއް -- ދުވަސް ފޮޓޯ: އަޒްމީ އަލީ
މޯބައިލް ސިމް ކާޑު ދޫކުރުމުގެ އުސޫލު ވަރުގަދަކުރުމުގެ ގޮތުން އަންސްކިލްޑް ކެޓެގަރީގެ ކޮންމެ ބިދޭސީ މީހަކަށް ދެން ލިބޭނީ އެންމެ ސިމް ކާޑެއް ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
މިގޮތަށް ނިންމީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގައި އެވެ.
ރައީސް އޮފީހުން ބުނީ އަންސްކިލްޑް ބިދޭސީ މީހެއްގެ ސިމް ކާޑު ހަލާކުވެ ނުވަތަ ގެއްލިއްޖެ ނަމަ އެކަން ފުލުހުންނަށް ހުށަހެޅުމަށް ފަހު ކަނޑައެޅޭ ވަކި އިޖުރާއަތްތަކެއް ފުރިހަމަކޮށްގެން ނޫނީ އައު ނަންބަރެއް ދޫނުކުރެވޭނެ ކަމަށެވެ.
ހަމައެއާ އެކު ޖަލުތަކުގެ ތެރެއަށް ޤާނޫނާ ޚިލާފަށް ސިމް ކާޑު ވައްދާ މައްސަލަތަކުގައި އެ ސިމް ކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކާ ދެކޮޅަށް ޤާނޫނީ އަދި އިދާރީ ފިޔަވަޅު އެޅުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމާފައިވެއެވެ.
ވަޒީފާ އަދާކުރުމަށް ރާއްޖެ އަންނަ ބިދޭސީންގެ ނަމުގައި ނަގާ ސިމް ކާޑުތައް ކުށުގެ ޢަމަލުތައް ހިންގުމަށް ބޭނުންކުރުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. އެ ގޮތުން ފުޅާ ދާއިރާއެއްގައި ހިނގަމުންދާ ސްކޭމްތަކުގައި މިފަދަ ސިމް ކާޑުތައް ބޭނުންކުރުމަކީ ޢާންމު ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް