N/A
ބަރަކާތްތެރި ރަމަޟާން މަސް ފެށިގެން ކުރިއަށްދާއިރު،
މާލޭގެ ފިހާރަތަކާއި މާރުކޭޓުތަކުގައި އާންމުކޮށް ބޭނުންކުރާ ބައެއް ބާވަތްތަކުގެ
އަގުތަކަށް ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ރޯދަމަހު
އާންމުން އެންމެ ގިނައިން ބޭނުންކުރާ ބައެއް ބާވަތްތަކުގެ އަގުތައް މިހާރު އުފުލެމުންދާކަން ފާހަގަކޮށްލެވެއެވެ.
މާރުކޭޓުގެ އަގުތަކަށް ބަލާއިރު، ރޯދަމަހު ފަނި ގިރުމަށް
އެންމެ ގިނައިން ބޭނުންކުރާ ކަރާ ކިލޯއެއްގެ އަގު މިހާރު އުޅެނީ 18 ރުފިޔާ އާއި 25 ރުފިޔާއާ ދެމެދުގައެވެ. އަދި
ކުރުނބާގެ އަގު ހުރީ ކުރުނބައެއް 35 ރުފިޔާއަށެވެ. މީގެ އިތުރުން، ކާށީގެ އަގުތައް
ހުރީ އޭގެ ސައިޒަށް ބަލައި 6 ރުފިޔާއިން ފެށިގެން 20 ރުފިޔާއާ ދެމެދުގައެވެ.
އެގޮތުން ކާށި ލިބެން ހުރި އަގުތަކަކީ 6، 10، 12، 15 އަދި 20 ރުފިޔާއެވެ.
މަހުގެ ބާވަތްތަކަށް ބަލާއިރު، ވަޅޯމަސް ކިލޯއެއްގެ އަގު
މިހާރު ހުރީ 120 ރުފިޔާއަށެވެ. ކަނޑުމަހުގެ އަގުތަކަށް ބަލާއިރު، ކުދި ކަނޑުމަސް،
މަހެއް 10 ރުފިޔާއަށް ލިބެން ހުރިއިރު، ބޮޑެތި ކަނޑުމަސް ލިބެން ހުރީ މަހެއް 40
ރުފިޔާއަށެވެ. އަދި ކަންނެލީގެ އަގުތައް އުޅެނީ 35 ރުފިޔާ އާއި 45 ރުފިޔާއާ
ދެމެދުގައެވެ.
ރަމަޟާން މަސް ކުރިއަށްދާ ވަރަކަށް އަގުތަކަށް އިތުރު
ބަދަލުތަކެއް އައުން އެކަށީގެންވީ ނަމަވެސް، މަސް ފެށުމާއެކު ގިނަ ބާވަތްތަކެއްގެ
އަގުތައް ވަނީ މައްޗަށް ދާން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް