ރޯދަ 1447: ފުރަތަމަ ހަފުތާ - ތަކެތީގެ އަގު އެންމެ ހެވީ އެމްއެޗްއޭ މާޓުގައި - އެންމެ ބޮޑީ ޗެކްމާކުގައި

މާލޭގެ ބޮޑެތި ފިހާރަތަކުގައި ތަކެތީގެ އަގު ހުރިގޮތް ބެލުމަށް ދުވަސްގެ ދެ ނޫސްވެރިން ކަމުގައިވާ އަލްޝަމް އާއި ރީޝް މިއަދު ވަނީ މާލޭގެ ނަން މަޝްހޫރު ފިހާރަތަކަށް ޒިޔާރަތްކޮށް އަގުމަގު ބަލައިލާފައެވެ. ގޭ...

18 Feb 2026 | 10:22
އަގުމަގު ބެލުމުގައި ރީޝް އަދި އަލްޝަމް - ފޮޓޯ: ދުވަސް

އަގުމަގު ބެލުމުގައި ރީޝް އަދި އަލްޝަމް - ފޮޓޯ: ދުވަސް

މާލޭގެ ބޮޑެތި ފިހާރަތަކުގައި ތަކެތީގެ އަގު ހުރިގޮތް ބެލުމަށް ދުވަސްގެ ދެ ނޫސްވެރިން ކަމުގައިވާ އަލްޝަމް އާއި ރީޝް މިއަދު ވަނީ މާލޭގެ ނަން މަޝްހޫރު ފިހާރަތަކަށް ޒިޔާރަތްކޮށް އަގުމަގު ބަލައިލާފައެވެ.

ގޭބިސީތަކަށް ބޭނުންވާ ބާވަތްތަކުގެ ތެރެއިން މި ކުރު ދިރާސާއަށް ބެލި ބާވަތްތަކެއް

އެންމެ ހެޔޮ އަގުގައި ލިބެން ހުރީ އެމް.އެޗް.އޭ މާޓުންނެވެ. މި ސާވޭގައި މައިގަނޑު ގޮތެއްގައި ބަލާލައިފައިވަނީ ގޭބިސީތަކުގައި

އާންމުކޮށް ބޭނުންކުރާ ހަ ބާވަތެއް ކަމަށްވާ ފިޔާ، އަލުވި، ލުނބޯ، ކުކުޅު ބިސް

އަދި ފެލިވަރުގެ ދެ ބާވަތެއްގެ މަސްދަޅުގެ އަގުތަކަށެވެ.

އެންމެ އަގުހެޔޮ ފިހާރައަކަށް އެމް.އެޗް.އޭ މާޓް

ސާވޭކުރި ހަ ބާވަތުގެ ތެރެއިން ލުނބޯ އަދި 180 ގްރާމްގެ ފެލިވަރު ފެންމަސް

ދަޅުން އެންމެ ހެޔޮ އަގު ފާހަގަކުރެވުނީ އެމް.އެޗް.އޭ މާޓުންނެވެ. މިއާއެކު،

އެންމެ ގިނަ ބާވަތްތައް އެންމެ ހެޔޮ އަގުގައި ލިބޭ ފިހާރައަކަށް އެމް.އެޗް.އޭ މާޓް

ވަނީ ވެފައެވެ. ނަމަވެސް، ވަކިވަކި ބާވަތްތަކަށް ބަލާއިރު އެހެން ފިހާރަތަކުންވެސް

ހެޔޮ އަގުތަކެއް ފާހަގަކުރެވުނެވެ. އެގޮތުން ރެޑްވޭވް މޯލްއިން އަލުވި، ޝޮޕް

އެންޑް ސޭވްއިން ފިޔާ، އަދި ވިލާ މާޓުން ފެލިވަރު ތެޔޮމަސް ދަޅު އެންމެ ހެޔޮކޮށް

ލިބެން ހުރިކަން ސާވޭއިން ދައްކައެވެ.

ބާވަތްތަކުގެ އަގުތަކަށް އައި ބޮޑެތި ބަދަލުތައް

އަލުވި ކިލޯއެއް އެންމެ ހެޔޮކޮށް ރެޑްވޭވް މޯލްއިން 14.86 ރުފިޔާއަށް ލިބެން

ހުރިއިރު، އެމް.އެޗް.އޭ މާޓުގައި އަލުވި ކިލޯއެއް ހުރީ 31.00 ރުފިޔާއަށެވެ. މިއީ

ކިލޯއަކުން 16 ރުފިޔާއަށްވުރެ ބޮޑު ތަފާތެކެވެ. ފިޔާ ކިލޯއެއް އެންމެ ހެޔޮކޮށް

ޝޮޕް އެންޑް ސޭވްއިން 11.50 ރުފިޔާއަށް ލިބެން ހުރިއިރު، އެންމެ އަގުބޮޑުކޮށް

ޗެކްމާކުން ލިބެން ހުރީ 20.00 ރުފިޔާއަށެވެ.

ލުނބޯގެ އަގުން އެންމެ ބޮޑު ތަފާތެއް ފާހަގަކުރެވުނުއިރު، އެމް.އެޗް.އޭ

މާޓުން ލުނބޯ ކިލޯއެއް 56.48 ރުފިޔާއަށް ލިބެން ހުރިއިރު، ޗެކްމާކުން ލުނބޯ

ކިލޯއެއް ލިބެން ހުރީ 90.00 ރުފިޔާއަށެވެ. މިއީ ކިލޯއަކުން 33 ރުފިޔާއަށްވުރެ ބޮޑު

ތަފާތެކެވެ. މީގެއިތުރުން، ފެލިވަރު މަސްދަޅުގެ ދެ ބާވަތްވެސް އެންމެ އަގުބޮޑުކޮށް

ލިބެން ހުރީ ޗެކްމާކުންނެވެ.

ބިހުގެ އަގު ހުރީ އެއްވަރެއްގައި

ކުކުޅު ބިހުގެ އަގު ގިނަ ފިހާރަތަކުގައި ހުރީ ވަރަށް އެއްވަރެއްގައެވެ. ވިލާ

މާޓް، ރެޑްވޭވް މޯލް، އެމް.އެޗް.އޭ މާޓް އަދި ޝޮޕް އެންޑް ސޭވްއިން ބިހެއް 2.00

ރުފިޔާއަށް ލިބެން ހުރިއިރު، އެސް.ޖޭ މޯލް އަދި ވީ.ބީ މާޓުން ބިހެއް ލިބެން ހުރީ

2.50 ރުފިޔާއަށެވެ.

ސާވޭގެ ނަތީޖާއަށް ބަލާއިރު، ހުރިހާ ބާވަތެއް އެންމެ ހެޔޮ އަގުގައި ލިބޭ ވަކި

ފިހާރައެއް ނެތް ނަމަވެސް، ޖުމްލަގޮތެއްގައި އެންމެ އަގުހެޔޮ ސުޕަމާކެޓަކީ އެމް.އެޗް.އޭ މާޓެވެ. މި ހޯދުންތަކުން އެނގޭ ގޮތުގައި މާލޭގެ ބޮޑެތި ފިހާރަތަކުގެ މެދުގައި

ތަކެތީގެ އަގަށް ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ.

ރޯދަ މަހުގެ ދެވަނަ ހަފްތާގައިވެސް ދުވަސް އިން މި ދިރާސާ ކުރިއަށް ގެންދާނެއެވެ. ދިރާސާގައި އިތުރު އައިޓަމެއް، އިތުރު ފިހާރައެއް ހިމަނަން ބޭނުންނަމަ ކިޔުންތެރިން އަންގާލަދިނުމުން ހިމަނާލެވޭނެއެވެ.

އަލްޝަމް އާއި ރީޝްގެ މި ކުރު ދިރާސާގައި ހިމަނާފައިވާ ފިހާރަތަކަކީ

01. އެމްއެޗްއޭ މާޓް

02. އެސްޖޭ މާޓް

03. ރެޑްވޭވް

04. ޝޮޕް އެންޑް ސޭވް

05. ވިލާމާޓު

06. ޗެކްމާކް

07. ވީބީ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް