ގަނޑުކޮށް ވިއްކާ ކޮތަޅު ބޮނޑިތަކުން ޖީއެސްޓީ ނުނަގަން ފާސްކޮށްފި

50 އަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ބޮނޑިތައް ޕްލާސްޓިކް ކޮތަޅު ފީ އިން އިސްތިސްނާކޮށް ޖީއެސްޓީއަށް ރަޖިސްޓްރީ ނުކުރާ ތަންތަނުން ވެސް ކޮތަޅު ފީ ނެގޭ ގޮތަށް ކުނި މެނޭޖްކުރުމުގެ ޤާނޫނަށް ގެނައި އިޞްލާޙު ރައ...

17 Aug 2026 | 13:30
ގަނޑުކޮށް ވިއްކާ ކޮތަޅުން ޖީއެސްޓީ ނުނަގަން ވަނީ ނިންމާފައި --

ގަނޑުކޮށް ވިއްކާ ކޮތަޅުން ޖީއެސްޓީ ނުނަގަން ވަނީ ނިންމާފައި --

50 އަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ބޮނޑިތައް ޕްލާސްޓިކް ކޮތަޅު ފީ އިން އިސްތިސްނާކޮށް ޖީއެސްޓީއަށް ރަޖިސްޓްރީ ނުކުރާ ތަންތަނުން ވެސް ކޮތަޅު ފީ ނެގޭ ގޮތަށް ކުނި މެނޭޖްކުރުމުގެ ޤާނޫނަށް ގެނައި އިޞްލާޙު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒް ހުށަހެޅުއްވި މި ބިލަށް ވޯޓު ދެއްވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންނެވެ. ބިލް ފާސްވީ އެ ހުރިހާ މެންބަރުންގެ އިއްތިފާޤުންނެވެ. މުޅި މަޖިލީހުގެ ކޮމިޓީން ވެސް ނިންމާފައި އޮތީ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރުމަށެވެ.

ކުނި މެނޭޖްކުރުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި ކުރިން ކޮތަޅު ފީ އިން އިސްތިސްނާވާ ގޮތަށް ކަނޑައަޅާފައި އޮތީ ތިން ބާވަތެކެވެ. އެއީ ޑިއުޓީ ފްރީ ފިހާރަތަކުން ދޫކުރާ ކޮތަޅާއި ބަންދު ނުކޮށް ހުންނަ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ކޮތަޅާއި ކުނި އެޅުމަށް ޚާއްޞަކޮށް ވިއްކާ ނުވަތަ ދޫކުރާ ބިންލައިނާތަކެވެ. މިއަދު ފާސްވި އިޞްލާޙުން އެ ލިސްޓަށް އިތުރުވީ 50 ކޮތަޅަށް ވުރެ ގިނައިން ހިމެނޭ ކޮތަޅު ބޮނޑިތަކެވެ.

މީގެ އިތުރުން ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައި ނުވާ ފަރާތްތަކުން ދޫކުރާ ކޮތަޅުން ވެސް ފީ ނެގޭނެ އުސޫލު ހަމަޖެއްސުމަށް ބިލުގައި ހިމަނާފައިވެއެވެ. އެ ފީއާ މެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދެއް ހެދުން ވުޒާރާގެ މައްޗަށް ލާޒިމުވާ ގޮތަށް ވެސް ބިލުގައި ކަނޑައަޅާފައިވެއެވެ. އެގޮތުން ޖީއެސްޓީއަށް ރަޖިސްޓްރީ ނުކުރާ ތަންތަނުން ވެސް ކޮތަޅު ފީ ނެގޭކަން ކަށަވަރުކުރުމަކީ ވުޒާރާގެ ޒިންމާއެއް ކަމުގައި ހަމަޖެހޭނެއެވެ.

ޤާނޫނު ކުރިން އޮތް ގޮތުން ކޮތަޅު ސަޕްލައި ކުރުމުގެ އެކި މަރުޙަލާތަކުގައި ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީ ތަކުރާރުކޮށް ދައްކަން ޖެހުމުން ފިހާރަތަކާއި ސައި ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނަށް ބޮޑު ބުރައަކަށް ވެފައި އޮތެވެ. މި ކަންބޮޑުވުން އެ ޤާނޫނަށް ޢަމަލުކުރަން ފެށީއްސުރެ ތަފާތު ފަރާތްތަކުން ދިޔައީ ފާޅުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް