ޓްރަމްޕުގެ ހަރުކަށި އިމިގްރޭޝަން ސިޔާސަތުގެ ދަށުން އެތައް ހާސް އިންޑިއާ ރައްޔިތުން ޑީޕޯޓުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަރުކަށި އިމިގްރޭޝަކް ސިޔާސަތުގެ މަޅީގައި އެންމެ ގިނައިން ޖެހެމުންދަނީ އިންޑިއާ މީހުން ކަމަށް ރިޕޯޓުތައް ބުނެފި އެވެ. ޓޮޕް އޭއޭޕީއައި ހޭޓް ޖަމިއްޔާގެ ތަފާސް ހިސާބ...

17 Aug 2026 | 10:51
އެމެރިކާގައި އިންޑިއާ ރައްޔިތުންތަކެއް --

އެމެރިކާގައި އިންޑިއާ ރައްޔިތުންތަކެއް --

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަރުކަށި އިމިގްރޭޝަކް ސިޔާސަތުގެ މަޅީގައި އެންމެ ގިނައިން ޖެހެމުންދަނީ އިންޑިއާ މީހުން ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ޓޮޕް އޭއޭޕީއައި ހޭޓް ޖަމިއްޔާގެ ތަފާސް ހިސާބު ދައްކާގޮތުން އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމެންޓް (އައިސީއީ)ގެ ހައްޔަރުކުރުންތަކާއި ޑީޕޯޓް ކުރުންތަކުގައި އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އެންމެ ގިނައިން ޖެހެމުން ދަނީ އިންޑިއާ ރައްޔިތުންނެވެ.

އެ ޖަމިއްޔާތުގެ ތަފާސް ހިސާބު ދައްކާގޮތުން 2025 ވަނަ އަހަރުގެ ޖެނުއަރީން މިއަހަރުގެ މާރިޗާ ހަމައަށް އެމެރިކާ އިމިގްރޭޝަން ގާނޫނާއި ހިލާފުވި ކަމަށް ބުނެ އޭޝިއާގެ  14,402 ހައްޔަރުކުރެވުނު ކަމަށެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 28 އިންސައްތައަކީ އިންޑިއާ ރައްޔިތުންނެވެ.

އެ މުއްދަތުގައި ޑީޕޯޓް ކުރެވުނު 6,218 އޭޝިއާ މީހުންގެ ތެރެއިންވެސް އެންމެ ބޮޑު ހިއްސާއެއް ކަމުގައިވާ 28 އިންސައްތައަކީ އިންޑިއާ މީހުންނެވެ. ޓްރަމްޕް ވެރިކަމާ ހަވާލުވި ފަހުން 4,800 އަށްވުރެ ގިނަ އިންޑިއާ ރައްޔިތުން ޑީޕޯޓް ކޮށްފައިވާ ކަމަށް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ. ސްޓޮޕް އޭއޭޕީއައި ހޭޓުން ބުނީ "އައިސީއީގެ ހައްޔަރުކުރުންތަކާއި ބަންދުކުރުންތަކާއި ޑީޕޯޓް ކުރުންތަކުގައި އެންމެ ބޮޑަށް އަމާޒުވެފައިވަނީ އިންޑިއާ ރައްޔިތުން" ކަމަށެވެ.

އެ ޖަމިއްޔާއިން ފާހަގަކުރި ގޮތުގައި އެމެރިކާގައި އިންޑިއާ އާބާދީ ބޮޑުވެ ސިޔާސީ އަދި ވިޔަފާރީގެ ދާއިރާގައި އިންޑިއާ ލީޑަރުންގެ ދައުރު ފުޅާވަމުން ދިޔުމާއެކު ޓްރަމްޕް ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އެ ފަރާތްތަކާ ދެކޮޅު ނަފުރަތު އިތުރުވަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް