ކައުންސިލްތަކާއެކު ބާއްވާ ސިލްސިލާ ބައްދަލުވުންތައް: ސްޓޭޓްފާމާ އާއި ދިއްގަރު ކައުންސިލްގެ ބައްދަލުވުން ބާއްވައިފި

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދެމުންދާ ފާމަސީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ދިމާވާ ދަތިތައް ދެނެގަތުމުގެ މަޤްޞަދުގައި ސްޓޭޓް ފާމާއިން ކުރިއަށްގެންދާ ސިލްސިލ...

17 Aug 2026 | 10:41
ފޮޓޯ: ސްޓޭޓް ފާމާ

ފޮޓޯ: ސްޓޭޓް ފާމާ

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދެމުންދާ ފާމަސީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ދިމާވާ ދަތިތައް ދެނެގަތުމުގެ މަޤްޞަދުގައި ސްޓޭޓް ފާމާއިން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، މ. ދިއްގަރު ކައުންސިލާއެކު މިއަދު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި، ދިއްގަރުގެ ރައްޔިތުންނަށް ބޭސް ހޯދުމުގައި ދިމާވާ ދަތިތަކާއި، ބޭސް ލިބުން ލަސްވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ މަޢުލޫމާތު އެ ރަށު ކައުންސިލުން ވަނީ ސްޓޭޓް ފާމާގެ އިސްވެރިންނާ ޙިއްޞާކުރައްވާފައެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅިގެން، ސްޓޭޓް ފާމާގެ މެނޭޖިންގ ޑިރެކްޓަރ ޝާހު މާހިރު ވަނީ، ދިއްގަރުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޭހުގެ ދަތިކަމަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.

އަދި ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް މެދުކެނޑުމެއްނެތި، ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށްޓަކައި އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލުވެސް ޙިއްޞާކުރެއްވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމުންދާ ފާމަސީގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، ސްޓޭޓް ފާމާއިން ދަނީ ގިނަ ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކޮށް މަޝްވަރާކުރަމުންނެވެ. މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގެ ޙާލަތު ގާތުން ބަލައި، ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ދެމެހެއްޓެނިވި ޙައްލެއް ހޯދައިދިނުމެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް