ސައުދީ އަރަބިއްޔާއަށް ރަމަޟާން މަހުގެ ހަނދު ފެނިއްޖެ

ސައުދީ އަރަބިއްޔާއިން 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު މިރޭ ސާބިތުވެއްޖެއެވެ. އެހެންކަމުން ސައުދީގައި މި އަހަރުގެ ރަމަޟާން މަސް ފެށޭނީ މިރެއިން ފެށިގެންނެވެ. ސައުދީ އަރަބިއްޔާގެ ހަނދު ސާބިތުކު...

17 Feb 2026 | 15:07
N/A

N/A

ސައުދީ އަރަބިއްޔާއިން 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު މިރޭ ސާބިތުވެއްޖެއެވެ. އެހެންކަމުން ސައުދީގައި މި އަހަރުގެ ރަމަޟާން މަސް ފެށޭނީ މިރެއިން ފެށިގެންނެވެ.

ސައުދީ އަރަބިއްޔާގެ ހަނދު ސާބިތުކުރާ ކޮމިޓީން ރަމަޟާން މަހުގެ ހަނދު ފެނިފައިވާކަން ކަށަވަރުކޮށްދީފައިވާއިރު، ރާއްޖޭގައި ވެސް މިރޭ ހަނދު ބެލުން ކުރިއަށްދާނެއެވެ. ރާއްޖޭގައި ރަމަޟާން މަސް ފެށޭ ދުވަސް ކަނޑައަޅާނީ ރާއްޖޭގެ ހަނދު ކޮމިޓީން ހަނދާ ބެހޭ ގޮތުން ގޮތެއް ނިންމެވުމުންނެވެ.

ރަމަޟާން މަހަކީ މުސްލިމުންގެ އެންމެ މާތް މައްސަރެވެ. މި މައްސަރުގައި މުސްލިމުން ރޯދަ ހިފައި، ރޭ އަޅުކަންކޮށް، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުއްސެވުން ހޯދުމަށް ގިނަ ހެޔޮ ޢަމަލުތައް ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް