ފަލަކީ ހިސާބުން މާދަމާ ރޯދަ ކަމަށް މައުމޫން ވިދާޅުވެއްޖެ

ފަލަކީ ހިސާބުތަކަށް ބަލާއިރު މާދަމާ (ބުދަ ދުވަހު) އަކީ 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް މައުމޫން މިއަދު ކުރެއް...

17 Feb 2026 | 10:18
ރައީސް މައުމޫން -

ރައީސް މައުމޫން -

ފަލަކީ ހިސާބުތަކަށް ބަލާއިރު މާދަމާ (ބުދަ ދުވަހު) އަކީ 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަލަކީ ހިސާބުތައް ދައްކާ ގޮތުން މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ. އެ ޓްވީޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެންމެހައި މުސްލިމުންނަށް ރަމަޟާން މަހުގެ ތަހުނިޔާ ވިދާޅުވެފައިވެއެވެ.

ރަމަޟާން މަސް ފެށޭ ދުވަސް ރަސްމީކޮށް ކަނޑައަޅާނީ ހަނދު ސާބިތުކުރުމަށް ފަހު ކަމާ ބެހޭ އިދާރާތަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް