ކުރީގެ ފަސްޓްލޭޑީ ނަސްރީނާ ހަސްފަތާލުގައި – ހާލުކޮޅު އަންނަނީ ރަނގަޅުވަމުން

ކުރީގެ ރައީސް، ރައީސް މައުމޫން ޢަބްދުޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ހޮސްޕިޓަލުގައި އެނދުމަތި ކުރެވި ފަރުވާ ދެމުން އަންނަކަން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ކުރީގެ ރައީސް، ރައީސ...

12 Sep 2025 | 12:12
ކުރީގެ ރައީސް، ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ، މައުމޫންގެ އަރިހުގައި - ފޮޓޯ: މައުމޫން ފައުންޑޭޝަން

ކުރީގެ ރައީސް، ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ، މައުމޫންގެ އަރިހުގައި - ފޮޓޯ: މައުމޫން ފައުންޑޭޝަން

ކުރީގެ ރައީސް، ރައީސް މައުމޫން ޢަބްދުޤައްޔޫމްގެ

އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ހޮސްޕިޓަލުގައި އެނދުމަތި ކުރެވި ފަރުވާ ދެމުން

އަންނަކަން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ކުރީގެ ރައީސް، ރައީސް

މައުމޫންގެ އޮފީހުގެ ފަރާތުންނެވެ.

އެ އޮފީހުން އިއްޔެ މީޑިއާތަކަށް ފޮނުވި ނޫސްބަޔާނެއްގައި

ބުނެފައިވަނީ ރައީސް އަލްއުސްތާޛު މައުމޫން ޢަބަދުލްޤައްޔޫމްގެ އަނބިކަނބަލުން އަލްފާޟިލާ

ނަސްރީނާ އިބްރާހިމް އިންފެކްޝަނަކަށް ފަރުވާ ހޯއްދެއްވުމަށްޓަކައި ފާއިތުވި ހަފްތާއިން

ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ވަނީ އެޑްމިޓް ކުރެވިފައި ކަމަށާއި މާތްﷲ ގެ

ހެޔޮރަޙްމަތްފުޅުން މިވަގުތު އެކަމަނާގެ ހާލުކޮޅު ރަނގަޅުވަމުން އަންނަވާހަކަ އުފަލާއެކު

ދަންނަވާކަމަށެވެ.

"މެޑަމް ނަސްރީނާއަށް ފަރުވާ ދެއްވުމުގައި ދަރުމަވަންތަ

ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި، ނަރުހުންނާއި އަދި އެހެނިހެން މުވައްޒަފުން ދައްކަވަމުން

ގެންދަވާ އޯގާތެރިކަމާއި، އަޅާލުން އުފަލާއެކު ފާހަގަކުރަމު، މިކަމަށްޓަކައި ރައީސް

މައުމޫން އާއި އެމަނިކުފާނުގެ ޢާއިލާ ވަރަށް ބޮޑަށް ޝުކުރުވެރިވެވަޑައިގަންނަވާ"

އެ އޮފީހުން ބުނެފައިވެއެވެ.

އޭގެ އިތުރުން، ހެޔޮއެދޭ ފަރާތްތަކުންނާއި، އާންމު ރައްޔިތުންގެ

ފަރާތުން ލިބެމުންދާ ހެޔޮދުޢާތަކާއި، މެސެޖުތަކުން ޢާއިލާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް

ލިބެމުންދާތީ ހުރިހާ ބޭފުޅުންނަށް ޢާއިލާގެ ފަރާތުން ވަރަށް އިޚްލާސްތެރިކަމާއެމު ޝުކުރު

ދަންނަވާކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް