ސްޕެއިނަށް ވަންނަން އުޅުނު މޮރޮކޯގެ 100އަށްވުރެ ގިނަ މީހުން ހައްޔަރު ކޮްއްފި

ސްޕެއިނުގެ ބާރުގެ ދަށުގައި އޮންނަ އުތުރު އެފްރިކާގެ ސެއުޓާއަށް ގަވާއިދާ ޚިލާފަށް ވަންނަން މަސައްކަތް ކުރި 111 މީހަކު މޮރޮކޯގެ ސަލާމަތީ ބާރުތަކުން ހިފަހައްޓައި ހައްޔަރުކޮށްފި އެވެ. ރިޕޯޓުތައް ބުނާޣޮތުގ...

16 Aug 2026 | 10:59
ބޯޑަރު ހުރަސް ކުރަން އުޅެނިކޮށް ހައްޔަރުކުރި މޮރޮކޯ ބަޔަކު --

ބޯޑަރު ހުރަސް ކުރަން އުޅެނިކޮށް ހައްޔަރުކުރި މޮރޮކޯ ބަޔަކު --

ސްޕެއިނުގެ ބާރުގެ ދަށުގައި އޮންނަ އުތުރު އެފްރިކާގެ ސެއުޓާއަށް ގަވާއިދާ ޚިލާފަށް ވަންނަން މަސައްކަތް ކުރި 111 މީހަކު މޮރޮކޯގެ ސަލާމަތީ ބާރުތަކުން ހިފަހައްޓައި ހައްޔަރުކޮށްފި އެވެ.

ރިޕޯޓުތައް ބުނާޣޮތުގައި ބޯޑަރާ ގާތްގަނޑަކަށް ތިން ކިލޯމީޓަރު ދުރުގައި އޮންނަ ފްނީދެކް ރަށާއި އެ ރަށް ކައިރީގެ ސަރަހައްދުތަކުން 100 އަށް ވުރެ ގިނަ މީހުން ހުއްޓުވައިފައިވެއެވެ. ހައްޔަރު ކުރެވުނު މީހުންގެ ތެރެއިން ގިނައީ ސަބް ސަހާރަން އެފްރިކާ ސަރަހައްދުގެ ރައްޔިތުންނެވެ.

މި ހާދިސާ ހިނގީ ގާތްގަނޑަކަށް ދެ ހަފުތާ ކުރިން ކަނޑުމަގުން 78000 އެއްހާ ހިޖުރަވެރީން ސެއުޓާއަށް ފޭބި ބޮޑު ކާރިސާއަށް ފަހުގައެވެ. އެ ފަހަރު 100 މީހަކު މަރުވި ކަމަށް ސެއުޓާގެ މޭޔަރާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. ސޯޝަލް މީޑިއާގައި ދެވަނަ ބޮޑު ކްރޮސިންއަކަށް ގޮވައިލާ ޕޯސްޓުތައް ދައުރުވުމާ ގުޅިގެން ސަރަހައްދުގެ ސަލާމަތީ ފިޔަވަޅު ވަރުގަދަކުރެވިފައިވެއެވެ. ދަންގަޅަ ހެދުމެއް އެޅި ފުލުހުން ކައިރި ފަރުބަދަ ސަރަހައްދުތަކުގައި ތިބި ހިޖުރަވެރީން ފެންގަނޑުކުރުމަށް ކަރުނަ ގޭސް ބޭނުންކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މޮރޮކޯއިން ބޯޑަރު ސަރަހައްދަށް ސިފައިންނާއި ނޭވީ ސްޕީޑް ބޯޓާއި ޑްރޯން ފޮނުވިއިރު ސްޕެއިނުން 1500 އަށް ވުރެ ގިނަ ސެކިއުރިޓީ އޮފިސަރުން ފޯރިމެރުމަށް ރުކުރުވައިލި ކަމަށް ސްޕެއިނުގެ އެލް ޕައިސް ނޫހުން ރިޕޯޓުކޮށްފައިވެއެވެ. ކުރީ ދުވަހަށް ވުރެ ސެކިއުރިޓީ 10 ގުނަ ވަރުގަދަ ކަމަށް އެ ނޫހުން ބުނެއެވެ. ސްޕެއިނުން ދާދި ފަހުން ދަގަނޑު ފެންސަކާއި ފެނުގައި އޮންނަ ހުރަހެއް ވެސް ބެހެއްޓި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހިޖުރައިގެ ކާރިސާގެ ސަބަބުން ޔޫރަޕުގައި ވެސް ވަނީ ނުތަނަވަސްކަން އުފެދިފައެވެ. އިޓަލީން ވަނީ 29 ޤައުމު ހިމެނޭ ޝެންގެން ފްރީ މޫވްމެންޓް އެއްބަސްވުމުގެ ދަށުން ސްޕެއިނުން އަންނަ ފަރާތްތައް ޗެކްކުރަން ފަށައިފައެވެ. ފިންލެންޑާއި ޑެންމާކުން އިޓަލީއަށް ތާއީދުކުރިއިރު ޗެކް ރިޕަބްލިކުން ވަނީ ސްޕެއިނުގެ ޝެންގެން ބައިވެރިވުން ވަގުތީ ގޮތުން ސަސްޕެންޑް ކުރުމަށް ގޮވައިލައިފައެވެ. ސްޕެއިނުގެ ބޮޑުވަޒީރު ޕެޑްރޯ ސާންޗެޒް ވަނީ ސެއުޓާއަކީ ޝެންގެން ސަރަހައްދުގެ ބައެއް ނޫން ކަމަށާއި ހިޖުރަވެރީންނަށް ސްޕެއިނުގެ ބައްރަށް ނުދެވޭނެ ކަމަށް ފާހަގަކުރައްވައި އިޓަލީގެ ފިޔަވަޅު ކުށްވެރިކުރައްވައިފައެވެ.

އިޓަލީގެ ޚާރިޖީ ވަޒީރު އެންތޯނއޯ ތާޖާނީ ބުނީ "ސެއުޓާއަށް ހިޖުރައިގެ އާ ބުރެއް އައުމުގެ ނުރައްކާ އޮތީމައި" ކަންބޮޑުވީ ކަމަށެވެ. "އަހަރެމެން ސްޕެއިނާ ދެކޮޅަށް އެއްވެސް 'ހަނގުރާމައެއް' ނުކުރަން - ހަމައެކަނި އަންނަ ފަރާތްތައް ރަނގަޅަށް ކޮންޓްރޯލް ކުރަނީ" ކަމަށް އޭނާ ބުންޏެވެ.

މި ނުތަނަވަސްކަމުގެ ތެރޭގައި ސްޕެއިނުން ވެސް ވަނީ އިޓަލީގެ ފިޔަވަޅާ ދެކޮޅަށް ހޯމަދުވަހު ބޯޑަރު ކޮންޓްރޯލް ތަންފީޒުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް