އަލިފާނުގެ ހާދިސާއާ ގުޅިގެން ފަހިވައި ގޭގައި އުޅުނު ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

ހ. ފަހިވައި ގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ. އަލިފ...

16 Aug 2026 | 04:18
ފަހިވައިގެ ހަތް ވަނަ ފަންގިފިލާގައި އަލިފާން ރޯވެ ތަކެތި އަނދާފައި -- ފޮޓޯ: އެމްއެންޑީއެފް

ފަހިވައިގެ ހަތް ވަނަ ފަންގިފިލާގައި އަލިފާން ރޯވެ ތަކެތި އަނދާފައި -- ފޮޓޯ: އެމްއެންޑީއެފް

ހ. ފަހިވައި ގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އަލިފާން ރޯވީ އެގޭގެ ހަތް ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމެންޓުގައި އެވެ. ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއަށް ކުރީ ރޭ 8:40 ހާއިރު އެވެ. އަލިފާންގަނޑު ނިއްވާލެވުނީ ރޭ 9:20 އެހާއިރު އެވެ.

އެންޑީއެމްއޭއިން ބުނީ އެ ހާދިސާ ހިނގި ތިން ކޮޓަރީގެ އެޕާޓްމަންޓުގައި ދިރިއުޅޭ ތިން އަންހެނަކާއި ފިރިހެނަކަށް ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށެވެ.

އަލިފާނުގެ ސަބަބުން އެ އިމާރާތުގެ ބައެއް އެޕާޓްމަންޓްތަކަށް ދުމުގެ އަސަރު ކުރި ނަމަވެސް، ދިރިނޫޅެވޭ ފަދަ ބޮޑު ގެއްލުމެއް ނުވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

މި ހާދިސާ އާއި ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ ފެހިވައިގޭ ޓެރަސްއަށް ވަންނަ ދޮރުގެ ބިއްލޫރިގަނޑެއް ތަޅާލުމުގެ ތެރޭގައި އެ ސަރަޙައްދުގައި ހަރަކާތްތެރިވި ފުލުހެއްގެ އަތް ކަނޑައިގެން ގޮސްފައިވާ ކަމަށެވެ. އެ ނޫން މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފަ ނުވާކަމަށް ބުނެފައިވެ އެވެ

އަލިފާނުގެ ސަބަބުން އެ ފަންގިފިލާއަށް ބޮޑެތި ގެއްލުންތަކެއް ލިބި އެ ތަނުގައި ހުރި ހިފާގެންގުޅޭ ސާމާނަށް ވެސް އެކި ވަރުގެ ގެއްލުން ވަނީ ލިބިފައެވެ. އަލިފާން ރޯވީ އެގޭ ސިޓިން ރޫމުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް