ނަހުލާ ގުޅުނީ އެމްޑީޕީ އާ ކަމަށާއި ތާއީދު ކުރަނީ ނަޝީދަށް ކަން ހާމަކޮށްފި

ސިޔާސީ ޕާޓީ އަކާ ގުޅެން ނިންމައި އެ ޕާޓީގެ ނަން ހާމަ ނުކުރައްވައި ހުންނެވި، މާލެ ސިޓީ ކައުންސިލުގެ ވިލިމާލެ ދާއިރާގެ މެންބަރު ނަހުލާ ޢަލީ، ގުޅިވަޑައިގެންނެވީ އެމްޑީޕީ އާ ކަން ހާމަ ކުރައްވައި، އެ ޕާޓީގ...

16 May 2026 | 07:00
N/A

N/A

ސިޔާސީ ޕާޓީ އަކާ ގުޅެން ނިންމައި އެ ޕާޓީގެ ނަން ހާމަ ނުކުރައްވައި ހުންނެވި، މާލެ ސިޓީ ކައުންސިލުގެ ވިލިމާލެ ދާއިރާގެ މެންބަރު ނަހުލާ ޢަލީ، ގުޅިވަޑައިގެންނެވީ އެމްޑީޕީ އާ ކަން ހާމަ ކުރައްވައި، އެ ޕާޓީގެ ޗެއާޕާސަން ކަމަށް ތާއީދު ކުރައްވަނީ ޕާޓީގެ ބާނީ ރައީސް މުޙައްމަދު ނަޝީދަށް ކަމަށް ވިދާޅުވެއްޖެއެވެ.

ނަހުލާ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "އެމްޑީޕީގެ ޗެއާޕާސަން މަޤާމަށް އަޅުގަނޑު ތާއީދު ކުރަނީ އެމްޑީޕީގެ ބާނީ ރައީސް ނަޝީދަށް" ކަމަށެވެ. އަދި ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބު ނިމުނު ދުވަހުން ފެށިގެން އޭނާ އަކީ އެމްޑީޕީގެ މެންބަރެއް ކަމަށް ވެސް ވިދާޅުވިއެވެ.

ނަހުލާ ކުރިން އެޕްރީލް މަހު ވިދާޅުވެފައި ވަނީ، ހަތަރު އަހަރު ސިޔާސީ ޕާޓީ އެއްގައި ނެތި މިނިވަން މެންބަރެއްގެ ގޮތުގައި ކައުންސިލުގައި ޚިދުމަތް ކުރެއްވުމަށް ފަހު ޕާޓީ އަކާ ގުޅެން ނިންމެވީ ކަމަށެވެ. ދާނެ ޕާޓީ ނިންމެވި ކަމަށާއި އެއީ ޕީއެންސީ ނޫން ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް އެ ޕާޓީ އަކީ ކޮން ޕާޓީ އެއް ކަން އޭރު ހާމަ ކުރައްވައިފައެއް ނުވެއެވެ.

ހަފުތާ ބަންދުގައި ނިމުނު ލޯކަލް ކައުންސިލް އިންތިޚާބުގައި ނަހުލާ ވާދަ ކުރެއްވީ ހެންވޭރު ހުޅަނގު ދާއިރާ އަށެވެ. ނަމަވެސް އެ ގޮނޑި ކާމިޔާބު ކުރެއްވޭ ގޮތެއް ނުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް