ދިވެހި ޙައްޖުވެރިންނަށް މައްކާގައި - ފޮޓޯ: ދިވެހި ޙައްޖު މިޝަން
1447 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމަށް ރާއްޖެ އިން ފުރި ފުރަތަމަ 238 ޙައްޖުވެރިންނަށް މައްކާ އިން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
ހުކުރު ދުވަހުގެ ރޭ ޖިއްދާ އެއާޕޯޓުގެ ޓާމިނަލުން ޙައްޖުވެރިންނަށް އެންމެ ފުރަތަމަ މަރުޙަބާ ދެންނެވީ ރާއްޖެ އިން ސަޢުދީ ޢަރަބިއްޔާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު އާއި ދިވެހި ޙައްޖު މިޝަންގެ އިސް ވެރިންނެވެ. މައްކާ ރޫޓުގެ ފަރާތުން ވެސް އެއާޕޯޓުން ހޫނު މަރުޙަބާއެއް ދެންނެވިއެވެ.

މައްކާގައި ޙައްޖުވެރިން ތިއްބަވާ ހޮޓެލުން ވެސް ވަނީ މަރުޙަބާ ދެންނެވީފައެވެ. ހޮޓެލުން މަރުޙަބާ ދެންނެވީ ޙައްޖު ކޯޕަރޭޝަނާއި ޙައްޖު މިޝަނާއި މުޠައްވިފް ރަވާފް މިނާ އަދި ހޮޓެލުގެ ފަރާތުންނެވެ.
ފުރަތަމަ ފްލައިޓުގައި ދަތުރުކުރި ހުރިހާ ޙައްޖުވެރިންގެ ހާލު ވެސް ރަނގަޅު ކަމަށް ދިވެހި ޙައްޖު މިޝަނުން ބުނެއެވެ. ޙައްޖުވެރިން މިހާރު ވަނީ ފުރަތަމަ ޢުމްރާ ކުރުމަށް ފަށައިފައެވެ. ދެން ދިވެހި ޙައްޖުވެރިންގެ ފްލައިޓުތައް ފުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 17، 18 އަދި 19 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް