ދިވެހި ޙައްޖުވެރީންގެ ފުރަތަމަ ގްރޫޕް މިއަދު ފުރާނެ

1447 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމަށް ދާ ދިވެހި ޙައްޖުވެރީންގެ ފުރަތަމަ ގްރޫޕް މިއަދު ފުރާނެއެވެ. ފުރަތަމަ ފްލައިޓުގައި 235 ޙައްޖުވެރިން ސަޢުދީ އެއާލައިންސްގައި ދަތުރުކުރާ އިރު، ފްލައިޓް ފުރުމަށް ހަމ...

15 May 2026 | 03:57
މިދިޔަ އަހަރު ދިވެހި ޙައްޖުވެރީން ޙައްޖަށް ފުރުމުގެ ތެރެއިން - ފޮޓޯ: ޙައްޖު ކޯޕަރޭޝަން

މިދިޔަ އަހަރު ދިވެހި ޙައްޖުވެރީން ޙައްޖަށް ފުރުމުގެ ތެރެއިން - ފޮޓޯ: ޙައްޖު ކޯޕަރޭޝަން

1447 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމަށް ދާ ދިވެހި ޙައްޖުވެރީންގެ ފުރަތަމަ ގްރޫޕް މިއަދު ފުރާނެއެވެ.

ފުރަތަމަ ފްލައިޓުގައި 235 ޙައްޖުވެރިން ސަޢުދީ އެއާލައިންސްގައި ދަތުރުކުރާ އިރު، ފްލައިޓް ފުރުމަށް ހަމަޖެހިފައި ވަނީ މެންދުރުފަހު 15:25 ގައެވެ.

ޙައްޖުވެރިންނާއި އެހީތެރިން އެއާޕޯޓަށް ގެންދިއުމުގެ ގޮތުން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ އިން އިސްނަގައިގެން ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ބަހުގެ ޚިދުމަތް ވަނީ ހަމަޖައްސައިފައެވެ. މިއަދު ހަ ރޫޓަކުން ބަސް ދަތުރުކުރާ ގޮތަށް ހަމަޖެހިފައިވާ އިރު، ބަސް ދަތުރުތައް ފެށެނީ ހެނދުނު 10:30 ގައެވެ. ފްލައިޓް ފުރާ ގަޑީގެ ފަސް ގަޑިއިރު ކުރިން ބަސް ޚިދުމަތް ފެށޭނެއެވެ.

ކޮންމެ ޙައްޖުވެރިޔަކަށް ވެސް އެންމެ ފަސޭހަ އަދި އެންމެ ކައިރި ބަސް ހުއްޓިއެއް ޚިޔާރު ކުރެވޭނެއެވެ. ބަސް ހުއްޓިތަކުގައި ވުޒާރާގެ މުވައްޒަފުންނާއި ސްކައުޓުންނާއި ގާލްގައިޑުންނާއި ކެޑޭޓުން ހަރަކާތްތެރިވެ، ޙައްޖުވެރިންނަށް އެހީތެރިވެދޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް