ޙައްޖުވެރިންގެ ފުރަތަމަ ތަމްރީނު ބައްދަލުވުމުގައި ޙައްޖާ ގުޅޭ ފޮތެއް ހަދިޔާކޮށްފި

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން، މިއަދު ބޭއްވި ޙައްޖުވެރިންގެ ފުރަތަމަ ތަމްރީނު ބައްދަލުވުމުގެ ތެރެއިން ޙައްޖާ ގުޅޭ މުހިންމު ފޮތެއް ޙައްޖުވެރިންނަށް ހަދިޔާކޮށްފިއެވެ. އިސްލާމީ މަރުކަޒ...

13 May 2026 | 12:57
ފުރަތަމަ ތަމްރީނުގެ ތެރެއިން - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ފުރަތަމަ ތަމްރީނުގެ ތެރެއިން - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން، މިއަދު ބޭއްވި ޙައްޖުވެރިންގެ ފުރަތަމަ ތަމްރީނު ބައްދަލުވުމުގެ ތެރެއިން ޙައްޖާ ގުޅޭ މުހިންމު ފޮތެއް ޙައްޖުވެރިންނަށް ހަދިޔާކޮށްފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ބެހި ފޮތަކީ މި ފަހުން ދިވެހި ބަހަށް ތަރުޖަމާކޮށް ނިންމާފައިވާ "ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރާނެ ގޮތާއި، އަލްމަސްޖިދުއްނަބަވީއަށް ޒިޔާރަތް ކުރުން" މި ފޮތެވެ. މި ފޮތް ތަރުޖަމާކޮށްދެއްވީ އައްޝައިޚް ޢަބްދުލްޤާދިރު މުޙައްމަދެވެ. އަދި މުރާޖަޢާކޮށްދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ވުޒާރާއިން ވަނީ މިއަހަރުން ފެށިގެން މި ފޮތާއި ޙައްޖާއި ޢުމްރާއާ ގުޅޭ އެކި ފޮތްތައް، ރާއްޖެއިން ފުރާ އެންމެހާ ޙައްޖުވެރިންނަށް ފޯރުކޮށްދިނުމަށް ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް