ދިރާގު އައިސިކް ރިފަރަލް ޕްރޮމޯޝަނުން ޝަންގްހާއީ ޑިޒްނީލޭންޑަށް ދިޔުމުގެ ފުރުސަތު

ދިރާގު އައިސިކް ބޭނުންކުރާ ފަރާތްތަކަށް ޝަންގްހާއީ ޑިޒްނީލޭންޑަށް ދިޔުމުގެ ފުރުސަތު ލިބޭ ޚާއްޞަ ރިފަރަލް ޕްރޮމޯޝަނެއް ދިރާގުން 15 ފެބުރުވަރީ 2026 ގައި ތަޢާރަފުކޮށްފިއެވެ. މި ޕްރޮމޯޝަނުގެ ގުރުއަތުން ހޮ...

16 Feb 2026 | 17:13
N/A

N/A

ދިރާގު އައިސިކް ބޭނުންކުރާ ފަރާތްތަކަށް ޝަންގްހާއީ ޑިޒްނީލޭންޑަށް ދިޔުމުގެ ފުރުސަތު ލިބޭ ޚާއްޞަ ރިފަރަލް ޕްރޮމޯޝަނެއް ދިރާގުން 15 ފެބުރުވަރީ 2026 ގައި ތަޢާރަފުކޮށްފިއެވެ.

މި ޕްރޮމޯޝަނުގެ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ޗައިނާގެ ޝަންގްހާއީއަށް ދެ ކޮޅު ޓިކެޓާއި، ފަސް ރޭގެ ހުރުމާއި، ޑިޒްނީލޭންޑަށް ދިޔުމުގެ ފުރުސަތު ލިބޭނެއެވެ. ޕްރޮމޯޝަނުގައި ބައިވެރިވުމަށް ދިރާގު އައިސިކް ސްޓޫޑެންޓް ޑިސްކައުންޓް ކާޑަށް ރަޖިސްޓަރީވުމަށް ފަހު އެހެން ފަރާތްތަކަށް މި ކާޑު ތަޢާރަފުކުރަން ޖެހެއެވެ. އަދި ރިފަރަލް ލިބޭ ފަރާތުން ރަޖިސްޓަރީކުރާއިރު ތަޢާރަފުކޮށްދިން ފަރާތުގެ ފޯނު ނަންބަރު ރިފަރަލްގެ ގޮތުގައި ޖެހުން މުހިންމެވެ. 31 މާރިޗު 2026 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ވީހާ ވެސް ގިނަ ފަރާތްތަކަށް ތަޢާރަފުކޮށްދީގެން އިނާމު ހޯދުމުގެ ފުރުސަތު އިތުރުކުރެވޭނެއެވެ.

މީގެ އިތުރުން، ކިޔަވާ ކުދިންނަށް ޚާއްޞަ ދިރާގު އައިސިކް ކާޑަށް 28 ފެބުރުވަރީ 2026 ގެ ކުރިން މުޅިން ހިލޭ ރަޖިސްޓަރީކުރެވޭނެއެވެ. ރަޖިސްޓަރީކުރުމަށް ފަހު މި ކާޑުން ލިބޭ ޚާއްޞަ ޑިސްކައުންޓްތައް އެއް އަހަރު ވަންދެން ބޭނުންކުރެވޭނެއެވެ. މިއީ ދަރިވަރުންނަށް ލިބޭ ފުރުސަތުތައް ފުޅާކޮށް، މި ޚިދުމަތް އެހެން ފަރާތްތަކާ ޙިއްޞާކުރާ ކިޔަވާ ކުދިންގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދިރާގުން ކުރިއަށްގެންދާ ހަރަކާތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް