އެސްޓީއޯ ޕީޕަލްސް ޗޮއިސް ހަރެއްގައި މިއަދު ވިއްކަން ހުރި އާފަލުތަކެއް - ފޮޓޯ: އެސްޓީއޯ
ހަނޑޫ، ހަކުރު ފުށުގެ އިތުރުން އަސާސީ ކާބޯތަކެތީގެ
ލިސްޓަށް މި ސަރުކާރުން އިތުރުކުރި 23 ބާވަތް އެސްޓީއޯއިން ބާޒާރަށް ނެރެ ވިއްކަން
ފަށައިފިއެވެ.
މިކަން ހާމަކޮށް މިއަދު އެސްޓީއޯއިން ފާހަގަކޮށްފައިވަނީ
އަސާސީ ކާބޯތަކެއްޗަކީ އިންސާނުންގެ ހަށިގަނޑު ހެދިބޮޑުވެ، ދުޅަހެޔޮ
ސިއްހަތެއްގައި ދެމިތިބުމަށް ކޮންމެހެން ބޭނުންވާ މައިގަނޑު ކާބޯތަކެތި ކަމަށާއި މިއީ އިންސާނީ ދިރިއުޅުމުގައި
އެންމެ މުހިންމު އެއް ބައި ކަމަށެވެ.
"މިގޮތުން ކެއިންބުއިމަށް ބޭނުންކުރާ
އަސާސީ ބާވަތްތައް ހެޔޮއަގެއްގައި އާންމު ރައްޔިތުންނަށް ލިބެންހުރުމަށް
ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ހަނޑޫ،
ހަކުރު އަދި ފުށުގެ އިތުރުން އިތުރު ކުރެވިގެން ދިޔަ 23 ބާވަތް، 15 އޮކްޓޯބަރ 2025
ން ފަށައިގެން ބާޒާރަށް ނެރެ ވިއްކަން ފަށައިފީމު، މި ހުރިހާ ބާވަތެއް އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި
އެސްޓީއޯ ޕީޕަލްސް ޗޮއިސުން ލިބެން ހުންނާނެ" އެސްޓީއޯއިން ބުނެފައިވެއެވެ.
އެގޮތުން މިހާރު ބާޒާރަށް ނެރެ ވިއްކަން ފެށި 23 ބާވަތް
01. ދޮންކެޔޮ
02. އާފަލު
03. އޮރެންޖު
04. ލުނބޯ
05. ޖުމްހޫރި މޭވާ
06. އަނބު
07. ފަޅޯ
08. ކަރާ
09. މިރުސް
10. މޭބިސްކަދުރު
11. ފިޔާ
12. އިނގުރު
13. ކެރެޓު
14. ބަށި
15. ކައްޓަލަ
16. އަލުވި
17. ކެބެޖު
18. ބަރަބޯ
19. ބޯވެލި
20. ލޮނުމެދު
21. ރީނދޫ މުގު
22. ކުކުޅު ބިސް
23. ކާށި
އެސްޓީއޯއިން ބުނެފައިވާގޮތުގައި މި 23
ބާވަތުގެ އަގު މިވަގުތު ކަނޑައަޅާފައިވާނީ ބާޒާރުގެ އަގުތަކަށް ރިއާޔަތް
ކޮއްފައެވެ. އަދި އަންނަ ބަދަލުތަކާއި އެކު ވިއްކާ އަގުތަކަށްވެސް ބަދަލު
ގެނެވޭނެއެވެ. އެސްޓީއޯއިން ވިއްކާ އެންމެ ފަހުގެ އަގުތައް އިޤްތިޞާދީ ވުޒާރާގެ
"އަގުމަގު" ޕޯޓަލް މެދުވެރިކޮށް ބެލެން ހުންނާނެއެވެ.
ހަމަ މިއާއިއެކު، ބާޒާރުގައި މި ކާބޯތަކެއްޗަށް އޮންނަ ޑިމާނަޑަށް ބަލައި މި
ތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިކޮށް، ވިޔަފާރިވެރިންނަށް ލުއިފަސޭހަ ކުރުމުގެ
ގޮތުން އެސްޓީއޯއަށް އިތުރަށް ކުރެވޭނެ ކަންކަމާއި މެދު ދަނީ މަޝްވަރާ ކުރެވެމުން އަންނަ ކަމަށާއި އެސްޓީއޯގެ
އަމާޒަކީ ސިއްޙަތަށް ފައިދާހުރި ކާބޯތަކެތި އެކަށޭނަ އަގެއްގައި އަބަދުވެސް
ރައްޔިތުންނަށް ލިބެން ހުރުން ކަމުގައިވެސް
އެސްޓީއޯއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް