އެސްޓީއޯއިން ފިލިޕްސް އޭސީ ތައާރަފްކޮށް ޕްރޮމޯޝަނެއް ފަށައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވުމާ އެކު، ފިލިޕްސް ބްރޭންޑުގެ ސްޕްލިޓް ވޯލް-މައުންޓެޑް އޭސީތައް ތަޢާރަފްކޮށް، ޚާއްޞަ ޑިސްކައުންޓް ޕްރޮމޯޝަނެއް ފަށައިފިއެވެ. އެސްޓީއޯ ޖެނެރަލް ޓްރޭޑ...

01 Jul 2026 | 09:25
N/A

N/A

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވުމާ އެކު، ފިލިޕްސް ބްރޭންޑުގެ ސްޕްލިޓް ވޯލް-މައުންޓެޑް އޭސީތައް ތަޢާރަފްކޮށް، ޚާއްޞަ ޑިސްކައުންޓް ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ތަޢާރަފްކުރި ފިލިޕްސް އޭސީ އަކީ ޗައިނާގައި އުފައްދާ، ގެތަކަށާއި އޮފީސް މާޙައުލަށް އެކަށީގެންވާ ސްމާޓް ކޫލިން ސިސްޓަމެކެވެ. އެ ކުންފުނިން ބުނީ މި އޭސީތަކަކީ ފެންވަރު ރަނގަޅު، ގިނަ ދުވަހު ގެންގުޅެވޭ، އަވަހަށް ފިނިކޮށްދޭ އަދި ބޭނުންކުރަން ފަސޭހަ އުފެއްދުންތަކެއް ކަމަށެވެ.

މި ޕްރޮމޯޝަންގައި 9,000 ބީޓީޔޫ، 12,000 ބީޓީޔޫ، 18,000 ބީޓީޔޫ އަދި 24,000 ބީޓީޔޫގެ އޭސީތަކުން ޚާއްޞަ ޑިސްކައުންޓް އަގުތަކެއް ލިބޭނެއެވެ. ދެ ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮމޯޝަން ހިނގާނީ 28 ޖޫން 2026 އިން 11 ޖުލައި 2026 ގެ ނިޔަލަށެވެ. ފިލިޕްސް އޭސީގެ ހުރިހާ ސައިޒެއް ވެސް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާއިން ލިބެން ހުންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް