ޓްރަމްޕް ބްރޭންޑުގެ ދަށުން ރާއްޖޭގައި ގާއިމްކުރަން އުޅުނު ރިސޯޓަށް ފަންޑު ހޯދުން މަޑުޖައްސާލައިފި

ރާއްޖޭގައި ޓްރަމްޕް ބްރޭންޑުގެ ދަށުން ތަރައްގީކުރާ ރިސޯޓާ ގުޅުވައިގެން ޑިޖިޓަލް ޓޯކަނެއް ވިއްކުމަށް ކުރަމުން އައި މަސައްކަތް އީރާނާ ދެމެދު އޮތް ހަނގުރާމައިގެ ސަބަބުން ދަތުރުފަތުރަށް ކުރާ އަސަރާ ގުޅިގެ...

14 Aug 2026 | 23:35
N/A

N/A

ރާއްޖޭގައި ޓްރަމްޕް ބްރޭންޑުގެ ދަށުން ތަރައްގީކުރާ ރިސޯޓާ ގުޅުވައިގެން ޑިޖިޓަލް ޓޯކަނެއް ވިއްކުމަށް ކުރަމުން އައި މަސައްކަތް އީރާނާ ދެމެދު އޮތް ހަނގުރާމައިގެ ސަބަބުން ދަތުރުފަތުރަށް ކުރާ އަސަރާ ގުޅިގެން ފަސްކޮށްފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ދަރީން ހިއްސާވެގެން އުފެއްދި ވޯލްޑް ލިބާޓީ ފައިނޭންޝަލް ކުންފުންޏާއި އެ ކުންފުނީގެ ބައިވެރީން ރާވާފައި އޮތީ މި ބަހާރު މޫސުމުގައި އެ ޓޯކަން ވިއްކަން ފެށުމަށެވެ. ރިސޯޓް ބިނާކުރުމަށް ނަގާ ލޯނުތަކުން ލިބޭ އާމްދަނީގެ ހިއްސާއެއް ޓޯކަން ގަންނަ ފަރާތްތަކަށް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ މި މަޝްރޫއު އީރާނާ ގުޅޭ ހަމަނުޖެހުންތަކުގެ ސަބަބުން ދަތުރުފަތުރަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ފަސްކުރީ ކަމަށް އެކި މަސްދަރުތަކާ ހަވާލާދީ ބުނެފައިވެއެވެ.

އިނގިރޭސިވިލާތުގެ ޑާ ގްލޯބަލް ކުންފުނިން ތަރައްގީކުރާ މި ރިސޯޓަކީ ވޯލްޑް ލިބާޓީ ފައިނޭންޝަލް އިން އާންމު ޑިޖިޓަލް އެސެޓްތަކުން ބޭރުގައި ހަގީގީ ދުނިޔޭގެ މުދާ ބްލޮކްޗެއިން މެދުވެރިކޮށް ގެނައުމަށް ހިންގާ މަސައްކަތުގެ ތެރެއިން ނެރެން ރޭވި ފުރަތަމަ ބޮޑެތި މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއެކެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ކުންފުނިން ރިއަލް އެސްޓޭޓާއި އިންވެސްޓްމެންޓް ފަންޑުތަކާއި ތެލާއި ރަނާ ގުޅުވައިގެން ޓޯކަން ހެދުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް އެކި މަސްދަރުތައް ބުނެފައިވެއެވެ.

ޑާ ގްލޯބަލް ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޒިޔާދު އެލް ޝާރު ބުނީ "ޑާ ގްލޯބަލް އިން ޓްރަމްޕް އޯގަނައިޒޭޝަނާ އެކީ އޮތް ޕާޓްނާޝިޕް ކުރިއެރުވުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާ" ކަމަށެވެ. އެ މަނިކުފާނު އިތުރަށް ބުނީ "ބައިނަލްއަގުވާމީ ޕޯޓްފޯލިއޯގެ ތަރައްގީއާއި ލޯންޗުކުރުމުގެ ތާވަލުތައް ބާޒާރުގެ ހާލަތާއި ގަވާއިދުތަކާއި ދިގު ރާސްތާގެ ސްޓްރެޓީޖިކް ލަނޑުދަނޑިތަކާ އެއްގޮތް ކުރުމަށް ތާއީދު" ކުރާ ކަމަށެވެ.

މި ޓޯކަން އަލުން ވިއްކަން ފަށާނެ ތާރީހެއް އަދި ހާމަ ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް