ދިރާގުން ދޭ ފުރުތަމަ ސްޕީޑްބޯޓްގެ ލަކީ ޑްރޯ ނެގުން ހުޅުމާލޭ ދިރާގު ބީޗުގައި

ދިރާގުގެ 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދޭ ފުރަތަމަ ސްޕީޑްބޯޓް ލިބޭ ނަސީބުވެރިޔާ ހޮވުމުގެ ގުރުއަތު ނެގުމަށް ބާއްވާ ހާއްސަ އިވެންޓް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލ...

15 Jan 2026 | 05:37
ދިރާގުން ދޭ ސްޕީޑްބޯޓު - ފޮޓޯ: ދިރާގު

ދިރާގުން ދޭ ސްޕީޑްބޯޓު - ފޮޓޯ: ދިރާގު

ދިރާގުގެ 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ

ދަށުން ދޭ ފުރަތަމަ ސްޕީޑްބޯޓް ލިބޭ ނަސީބުވެރިޔާ ހޮވުމުގެ ގުރުއަތު ނެގުމަށް ބާއްވާ

ހާއްސަ އިވެންޓް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދިރާގު

ބީޗުގައިކަމަށް އިއުލާނު ކޮށްފިއެވެ.

ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ މި ލަކީ ޑްރޯ އިވެންޓް

ބޭއްވުމަށް ހަމަޖެހިފައިވަނީ 16 ޖަނަވަރީ 2026 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 އިން

ފެށިގެންނެވެ. އަދި މި އިވެންޓުގައި ޑީޖޭ މީކާގެ ހުށަހެޅުމެއްގެ އިތުރުން ކުޑަކުދިންގެ

މެދުގައި މަޝްހޫރު ރޮބޯމޭން ވެސް ފެނިގެންދާނެއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ހުށަހަޅައިފައިވާ ފުރަތަމަ ސްޕީޑްބޯޓް

ހޯދުމުގެ ފުރުސަތު ނިމުނު ކަމުގައި ވިޔަސް، ދެވަނަ ލޯންޗު ކާމިޔާބު ކުރުމުގެ ފުރުސަތު

31 މާރިޗު 2026 ގެ ނިޔަލަށް ކަސްޓަމަރުންނަށް އަދިވެސް އެބައޮތެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދިރާގުން ދިނުމަށް

ހަމަޖެހިފައިވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެވެ. މި ހިތްގައިމު

ސްޕީޑްބޯޓުތަކަކީ އެކި ކަންކަމަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ބާރުގަދަ ސްޕީޑްބޯޓްތަކެކެވެ.

މި ކޮންމެ އުޅަނދެއްގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ވެސް އެކުލެވިގެންވެއެވެ.

މި ގޮތުން، ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 450 ރުފިޔާ

ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުން، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ

އެއަށްވުރެ މަތީ ޕްލޭންތަކަށް، އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ

އެއަށްވުރެން މަތިން ބިލްދައްކާ ކަސްޓަމަރުންނަށް އަދި ދިރާގު ލިމިޓެއްނެތް ފައިބަރ

40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ލަކީ

ޑްރޯގައި ބައިވެރިވެވޭނެއެވެ. ދިރާގު ކަސްޓަމަރުންނަށް އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް

މި ޕްރޮމޯޝަނަށް ހާއްސަ ޕޯޓަލް https://bit.ly/Win-2-SPeedboats މެދުވެރިކޮށް 31 މާރިޗު 2026 ގެ ކުރިން އެންރޯލްކުރެވޭނެއެވެ.

މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު https://www.dhiraagu.com.mv/win2speedboats ވަނީ ހިމަނައިފައެވެ.

ދިރާގުން ދަނީ މި ފަދަ ހާއްސަ ޕްރޮމޯޝަންތަކުގެ ޒަރިއްޔާއިން

ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދީ، ރާއްޖޭގައި އެ ފަދަ ދެވަނައެއް

ނެތް ޕްރޮމޯޝަންތައް ކުރިއަށްގެންދަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް