ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޝަރަފުވެރިކަމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދޭނެ

މިއަދުު ފާހަގަ ކުރަމުންދާ ފަހުރުވެރި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ހއ. އުތީމުގައި އޮންނާނެ އެވެ. ރައީސް އޮފީހުން ބުނީ މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވަޑައިގެންނަވާނެ...

14 Aug 2026 | 12:32
2024 ވަނަ އަހަރުގެ ގައުމީ ދުވަހުގެ ޖަލްސާ -- ފޮޓޯ: ރައީސް އޮފީސް

2024 ވަނަ އަހަރުގެ ގައުމީ ދުވަހުގެ ޖަލްސާ -- ފޮޓޯ: ރައީސް އޮފީސް

މިއަދުު ފާހަގަ ކުރަމުންދާ ފަހުރުވެރި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ހއ. އުތީމުގައި އޮންނާނެ އެވެ.

ރައީސް އޮފީހުން ބުނީ މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވަޑައިގެންނަވާނެ ކަމަށެވެ. މި ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 10:00 ގައި އުތީމު ގާޒީ ބަންޑާރައިން ސްކޫލްގައި އެވެ.

މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި ބާއްވާ ރަސްމީ ޖަލްސާގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ރައީސް ޑރ މުޢިއްޒު ދެއްވާނެއެވެ.

މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ ތިން ބޭފުޅަކަށާއި، ޖަމުޢިއްޔާއަކަށެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ ހަތް ބޭފުޅަކަށާއި، އެއް ކުންފުންޏަކަށެވެ.

މީގެއިތުރުން، ޚިދުމަތުގެ ޤައުމީ އިނާމު، އެއް ބޭފުޅެއްގެ ހަނދާނަށް އެރުވުމަށް ވަނީ ނިންމަވާފައެވެ.

ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް