މަސްވެރިޔާ ޕޯޓަލް އިފުތިތާހުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަސްވެރިންނަށް ބޭންކުގެ ފައިނޭންސިންގ ޚިދުމަތްތަކަށް ފަސޭހައިން އެދި ހުށަހެޅޭ ގޮތަށް ފަރުމާކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމް، "މަސްވެރިޔާ" ޕޯޓަލް އިފްތިތާހުކޮށްފި...

13 Dec 2025 | 16:42
N/A

N/A

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަސްވެރިންނަށް

ބޭންކުގެ ފައިނޭންސިންގ ޚިދުމަތްތަކަށް ފަސޭހައިން އެދި ހުށަހެޅޭ ގޮތަށް ފަރުމާކޮށްފައިވާ

ޑިޖިޓަލް ޕްލެޓްފޯމް، "މަސްވެރިޔާ" ޕޯޓަލް އިފްތިތާހުކޮށްފިއެވެ.

ބީއެމްއެލްއިން ބުނެފައިވާގޮތުގައި މަސްވެރިޔާ ޕޯޓަލްއިން

މަސްވެރިކަމުގެ ދާއިރާގެ މީހުންގެ ދިރިއުޅުމާއި އުންމީދުތައް ހާސިލްކުރުމަށް އެހީތެރިވުމަށްޓަކައި

ހެދުމަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ އިސްލާމިކް ފައިނޭންސިންގެ ގިނަ ޕްރޮޑަކްޓްތަކަށް

އެދި ހުށަހެޅޭނެއެވެ.

"ވަރަށްވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ

މި ޕްލެޓްފޯމް މެދުވެރިކޮށް، މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓަރކޮށްފައިވާ

މަސްވެރިންގެ ތެރެއިން ޝަރުތު ހަމަވާ މަސްވެރިންނަށް، ތިރީގައިވާ ބޭނުންތަކަށް އެދި

އިސްލާމީ ފައިނޭންސިންގ ޚިދުމަތްތަކަށް އެދި ހުށަހެޅޭނެއެވެ." ބީއެމްއެލްއިން ބުނެފައިވެއެވެ.

އެގޮތުން

- ގެދޮރު ގަތުމަށް

- ގެދޮރު އިމާރާތް ކުރުމަށާއި މަރާމާތުކުރުމަށް

- މަތީ ތައުލީމު ހާސިލުކުރުމަށް

- އުޅަނދު ބަނުމާއި މަރާމާތުކުރުމަށް

- ގެސްޓްހައުސް ވިޔަފާރިއަށް އިންވެސްޓްކުރުމަށް

- ލުއި ފައިނޭންސިންގ އަށް. (މި ފައިނޭންސިންގ އަކީ މަސްވެރިކަމަށް

ބޭނުންވާ ސާމާނު ގަތުން ނުވަތަ އިތުރު އެކި ބޭނުންތަކަށް ދޫކުރެވޭ ފައިނޭންސިންގ އެއް. )

މަސްވެރިންނަށް މާލީ ޚިދުމަތްތަކަށް ވާސިލުވުމަށް ލުއިފަސޭހަ މަގެއް ހޯދައިދިނުމަށް މި އަހަރުގެ ކުރީކޮޅު އަޅުގަނޑުމެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއެކު ވާނީ އެއްބަސްވެފައި

ބީއެމްއެލްގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަސްވެރިޔާ ޕޯޓަލް އިފްތިތާހުކުރުމަކީ

މަސްވެރިކަމުގެ ސިނާއަތަށް އެހީތެރިވެ، މާލީ ހައްލުތަކަށް ފަސޭހައިން ވާސިލުވެވޭނެ

ޒަމާނީ އިންތިޒާމެއް ހަމަޖައްސައިދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް

ކަމަށާއި ބޭންކުން މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ ދާއިރާއަކަށްވެސް އެންމެ ބޭނުންތެރި

މާލީ ހައްލުތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

ބޭންކުން ދެކޭގޮތުގައި މަސްވެރިޔާ ޕޯޓަލްއަކީ ބޭންކުން

މަސްވެރިންނަށް އެހީތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު އެއް ރަމްޒެކެވެ.

މަސްވެރިންނަށް އެހީތެރިވުމުގެ ގޮތުން 2024 ވަނަ އަހަރުގެ

ޑިސެންބަރުން ފެށިގެން ބޭންކުން އަންނަނީ މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް

ދޭން ޖެހޭ ފައިސާ ޖަމާކޮށްދެމުންނެވެ. އަދި ބޭންކުން މަސްވެރިންނަށް އެއްވެސް އިކުއިޓީއެއް

(އަމިއްލައަށް ޚަރަދުކުރަންޖެހޭ ބައި) އަދި ރަހުނަކާ ނުލައި 300،000 ރުފިޔާއާ ހަމައަށް

ފައިނޭންސިންގ ލިބޭނެ ހާއްސަ ފެސިލިޓީއެއްވެސް ވަނީ ތައާރަފްކޮށްފައެވެ. މި ފައިނޭންސިންގއަށް

ފައިސާ އަނބުރާ ދެއްކުމުގެ ތާވަލު ހަމަޖައްސަނީ މަސްވެރިކަމުން ލިބޭ އާމްދަނީއަށް އަންނަ

ބަދަލުތަކަށް ބަލައިގެންނެވެ.

މަސްވެރިޔާ ޕޯޓަލް މެދުވެރިކޮށް ކާޑު ޚިދުމަތްތައްވެސް

ވަރަށް އަވަހަށް ތައާރަފްކުރުމަށް ހަމަޖެހިފައިވާ ކަމަށް ބޭންކުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް