ސިޔާސީ މަޤާމުތައް މަދުކުރުމުގެ ސިޔާސަތުގެ ދަށުން ސްޓޭޓް މިނިސްޓަރު ލަތީފް ވަކިކޮށްފި

ކުޅިވަރާއި ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައި ހުންނެވި އަބްދުލް ލަތީފް އަހުމަދު (އުދަރެސް ލަތީފް) މަޤާމުން ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކި ކުރިކަން ލަތީފު ވަނީ މީޑީއާގައި ކަށަވަރު ކޮށ...

13 Aug 2026 | 11:00
ލަތީފު --

ލަތީފު --

ކުޅިވަރާއި ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައި ހުންނެވި އަބްދުލް ލަތީފް އަހުމަދު (އުދަރެސް ލަތީފް) މަޤާމުން ވަކިކޮށްފިއެވެ.

އޭނާ މަގާމުން ވަކި ކުރިކަން ލަތީފު ވަނީ މީޑީއާގައި ކަށަވަރު ކޮށްދެއްވާފައި އެވެ. މަގާމުން ވަކިކުރިކަން އަންގައި ފޮނުވި ސިޓީގައި ބުނެފައިވަނީ ސިޔާސީ މަޤާމުތައް މަދުކުރުމުގެ ސިޔާސަތުގެ ދަށުން މަގާމުން ވަކި ކުރީ ކަމަށް ލަތީފު ވިދާޅުވި އެވެ.

ލަތީފު ވިދާޅުވީ މަގާމުގެ ޒިންމާތައް އިޚުލާޞްތެރިކަމާ އެކު އަދާކުރައްވާފައިވާނެ ކަމަށެވެ.

ލަތީފް ކުރީން ހުންނެވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައެވެ. މިނިސްޓްރީތަކަށް ގެނައި ބަދަލުތަކާ ގުޅިގެން ފަހުން ކުޅިވަރާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލު ކުރީ އެވެ.

ލަތީފު މަގާމުން ވަކި ކުރެއްވި އިރު މިއަދު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ފައިރޫޝް ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި އެވެ. އޭނާ ވިދާޅުވީ އެގޮތަށް ނިންމީ ވަރަށް ވިސްނާފައި ކަމަށާއި ޢާންމު ޚިދުމަތުގެ އެ ބާބު ނިންމައިލަން އެންމެ ރަނގަޅު ވަގުތު ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

މި ދެ ބަދަލާ ގުޅޭ ގޮތުން ރައީސް އޮފީހުން ރަސްމީކޮށް އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް