ބީއެމްއެލް އާއި އަލިޕޭ+ އަދި ވިޒިޓް މޯލްޑިވްސް ގުޅިގެން ރާއްޖެ ޕްރޮމޯޓް ކުރުމަށް އެއްބަސްވުމަކަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލިޕޭ+ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއާއެކު މުހިންމު ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. ބީއެމްއެލްއިން ބުނެފައިވާގޮތުގައި މިއީ ރާއްޖޭގައި ފޯރުކޮށ...

12 Dec 2025 | 06:04
N/A

N/A

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލިޕޭ+ އަދި

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއާއެކު މުހިންމު ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ބީއެމްއެލްއިން ބުނެފައިވާގޮތުގައި މިއީ ރާއްޖޭގައި

ފޯރުކޮށްދޭ ޕޭމަންޓް ސޮލިއުޝަންތައް އިތުރަށް ހަރުދަނާކުރުމާއި ރާއްޖޭގެ ފަތުރުވެރިކަމުގެ

ސިނާއަތް ޕްރޮމޯޓްކޮށް، ކުރިއެރުވުމަށް ބެންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވޭ

މުހިންމު މަސައްކަތެކެވެ.

ބީއެމްއެލްއާއި އަލިޕޭ+ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ

މެދުގައި މިއަދު ގާއިމުކުރި އެއްބަސްވުމަކީ 2026 ވަނަ އަހަރުން ފެށިގެން ކޯ-ބްރޭންޑެޑް

ޓޫރިޒަމް ކެމްޕޭނުތައް ފެށުމަށް އެޅުނު މުހިންމު އެއް ބިންގާކަން ފާހަގަކޮށް

ބީއެމްއެލްއިން ބުނެފައިވަނީ މި ޓްރައިޕާޓީ އެއްބަސްވުމުގެ ދަށުން، އޭޝިއާގެ މާކެޓްތަކުގައި

އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެއަށް ހެދުމަށް މަސައްކަތްކުރުމާއި ވިޔަފާރިތަކަށް

ފައިސާ ބަލައިގަތުމަށް ފަސޭހަކޮށްދިނުމާއި މި މަންޒިލްތަކުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް

ލުއި ފަސޭހަ ތަޖުރިބާތަކެއް ދިނުމަށް މަސައްކަތްކުރުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގައި އީޖާދީ އަދި ރައްކާތެރި ޕޭމަންޓް

ސޮލިއުޝަންސް ތައާރަފްކުރުމަށް ބީއެމްއެލްއާއި އަލިޕޭ+ އާ ދެމެދު އެއްބަސްވުމެއްގައި

ސޮއިކޮށްފައި ވެއެވެ. އެގޮތުން ކަސްޓަމަރުންނާއި ވިޔަފާރިވެރިންނަށްވެސް އިތުރު ލުއިފަސޭހަ

ކަމެއް ފޯރުކޮށްދިނުމަށް ރާއްޖޭގައި ކޮންޓެކްޓްލެސް ކިއުއާރް ޕޭމަންޓުގެ ޚިދުމަތް ފުޅާކޮށް،

ބީއެމްއެލް ސްވައިޕް އެޕްގައި އަލިޕޭ+ ގެ ފީޗަރތައް ހިމަނާނެކަމަށް ބީއެމްއެލްއިން

ބުނެފައިވެއެވެ.

ބީއެމްއެލްގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު

ޝަރީފް ވިދާޅުވީ، އަލިޕޭ+ އާއި ވިޒިޓް މޯލްޑިވްސްއާއެކު ވެވުނު ސްޓްރެޓީޖިކް އެއްބަސްބުންތަކާއެކު،

ރާއްޖޭގެ ޑިޖިޓަލް އިކޯސިސްޓަމް ވަރުގަދަކޮށް، މުޅި ދުނިޔޭގައި ރާއްޖޭގެ މަގުބޫލުކަން

އިތުރުކުރުމަށް އެޅިގެންދަނީ ވަރަށް މުހިންމު ފިޔަވަޅެކެވެ.

"މި އެއްބަސްވުން ފަރުމާކޮށްފައި ވަނީ އެންމެ ޒަމާނީ

އަދި ލުއިފަސޭހަ ޕޭމަންޓް ހައްލުތަކެއް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފޯރުކޮށްދީ،

ރާއްޖޭގެ އިގްތިސާދު ކުރިއެރުމުގެ ދުވެލި އަވަސްކުރުމަށް" ޝަރީފް

ވިދާޅުވިއެވެ.

ބީއެމްއެލްއިން އެމެރިކަން އެކްސްޕްރެސް، ވީސާ، މާސްޓަރކާޑް،

އަދި ޔޫނިއަންޕޭ ފަދަ މައިގަނޑު ހުރިހާ ކްރެޑިޓް އަދި ޑެބިޓް ކާޑު ނެޓްވޯކްތަކުގެ އިތުރުން،

ބީއެމްއެލް ޕޭ، ވީޗެޓް ޕޭ، އަލިޕޭ، އެޕަލް ޕޭ އަދި ގޫގުލް ޕޭ ފަދަ ރާއްޖޭގައި އާންމުކޮށް

ބޭނުންކުރާ ޑިޖިޓަލް ވޮލެޓްތަކުން ކުރާ މުއާމަލާތްތައް ޕްރޮސެސް ކުރެއެވެ.

ބީއެމްއެލްގެ މަރޗަންޓް ޕޯޓަލް އަދި އެމްޕީއޯއެސް އެޕް

ބޭނުންކޮށްގެން، މަރޗަންޓުންނަށް ފުރިހަމަ އޮންލައިން ޕޭމަންޓް ހައްލުތަކެއް ފޯރުކޮށްދީ،

ރިއަލް-ޓައިމް ޕޭމަންޓް ރިކުއެސްޓްތައް ކުރެވޭނެ ގޮތް ހަމަޖައްސައި، މުޢާމަލާތްތައް

ހަރުދަނާކަމާއެކު މޮނިޓަރކުރުމާއި، އޮންލައިން ސްޓޯރުގެ އޮޕަރޭޝަންތައް ހުއްޓުމެއްނެތި

މެނޭޖްކުރުމުގައި ވިޔަފާރިވެރިންނަށް އެހީތެރިވެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް