N/A
ދިރާގު އެލީޓް ކްލަބްގެ ޕަރޓްނަރަކަށް ބާސެލޯ ނަސަންދުރާ
މާލެ
ދިރާގުގެ އެލީޓް ކްލަބްގެ ޕަރޓްނަރެއްގެ ގޮތުގައި ބާސެލޯ
ނަސަންދުރާ، މާލެ ސޮއިކޮށްފިއެވެ.
މި ޕަރޓްނަރޝިޕް އިއުލާންކޮށްފައިވަނީ މިއަދު ބާސެލޯ
ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ދިރާގުން ބުނެފައިވާގޮތުގައި މި ޕަރޓްނަރޝިޕްގެ ދަށުން
ދިރާގު އެލީޓް ކްލަބްގެ ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުންނަށް، ބާސެލޯ ނަސަންދުރާގެ
ރެސްޓޯރެންޓްތަކުން ހާއްސަ ޑިސްކައުންޓްތައް ލިބިގެންދާނެއެވެ. އަދި، މި ޕަރޓްނަރޝިޕްއަކީ
ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް މެދުވެރިކޮށް ލިބޭ ހާއްސަ އޮފަރތައް އިތުރަށް ފުރިހަމަވެގެންދާނެ
ޕަރޓްނަރޝިޕެކެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން
ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަންސް، މިރްޝާން ހަސަން
ވިދާޅުވިގޮތުގައި، ދިރާގުގެ އެލީޓް ކްލަބްގެ ޕަރޓްނަރެއްގެ ގޮތުގައި ބާސެލޯ ނަސަންދުރާ ގުޅުމަކީ ދިރާގަށް ލިބޭ އުފަލެކެވެ.
"މި ޕަރޓްނަރޝިޕްގެ ސަބަބުން، ދިރާގުގެ ކަސްޓަމަރުންނަށް
ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް މެދުވެރިކޮށް އަގުހުރި ފައިދާތައް ފޯރުކޮށްދިނުމަށް
ދިރާގުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ކަސްޓަމަރުންނަށް އިތުރު ފައިދާތަކާއި
ހިތްގައިމް ތަޖުރިބާތަކެއް ކުރުމުގެ މަގު ފަހިވެގެންދާނެ." މިރްޝާން ވިދާޅުވިއެވެ.
އަދި މީގެ އިތުރުން، ބާސެލޯ ނަސަންދުރާގެ ޑެޕިއުޓީ ޖެނެރަލް
މެނޭޖަރ، އެންރިކް ރެއިނާ ވިދާޅުވިގޮތުގައި ދިރާގު އެލީޓް ކްލަބްގެ ޕަރޓްނަރަކަށް ވުމަކީ
ބާސެލޯއަށްވެސް ލިބިގެންދާ ވަރަށް ބޮޑު އުފަލެކެވެ.
"މި ޕަރޓްނަރޝިޕްގެ ދަށުން ކަސްޓަމަރުންނަށް ލިބޭ
ހާއްސަ އޮފަރތަކާއިއެކު ބާސެލޯގެ ހިތްގައިމް ރެސްޓޯރަންޓްތަކުގެ ރަހަތަކާއި ބައިނަލްއަގްވާމީ
ފެންވަރުގެ މެހެމާންދާރީ ތަޖުރިބާކޮށްލުމަށް ދިރާގުގެ ކަސްޓަމަރުންނަށް މަރުހަބާ ކިޔުމަށް
އަޅުގަނޑުމެން މި ތިބީ ތައްޔާރަށް" އޭނާ ވިދާޅުވިއެވެ.
މާލޭގައި ހުންނަ ހަމައެކަނި ފަސް ތަރީގެ ހޮޓެލްކަމުގައިވާ
ބާސެލޯ ނަސަންދުރާގައި ތަފާތު ތިން ރެސްޓޯރަންޓަކުން ދަނީ ހިދުމަތް ދެމުންނެވެ. މި
ރެސްޓޯރަންޓްތަކަށް ބަލައިލާއިރު އޮއިވަރު ރެސްޓޯރެންޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ
ރަހަތަށް ތީމްޑް ބުފޭ ނައިޓްތައް މެދުވެރިކޮށް ލިބިގެންދާ ރެސްޓޯރެންޓެކެވެ. އަދި،
ބީހެވެން ރެސްޓޯރެންޓަކީ އެ ހޮޓެލްގެ ރޫފްޓޮޕްގެ ހިތްގައިމު މާހައުލުގައި ބިނާކޮށްފައިވާ
ރެސްޓޯރަންޓަކަށް ވާއިރު، އަލިމަސް ކެފޭއިން ޕްރިމިއަމް ކޮފީއާއި އެކި ވައްތަރުގެ ރަހަމީރު
ކާތަކެތި ލިބެންހުރެއެވެ.
ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ
ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ކަސްޓަމަރުންނަށް އަގުހުރި އޮފަރތަކުގެ
އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ
މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް