ދިރާގުން އިންތިޒާމްކޮށްގެން ސީ-މީ-ވީ 6 ގްލޯބަލް ކޮންސޯޓިއަމް މީޓިންގ ރާއްޖޭގައި ބާއްވައިފި

ސީ-މީ-ވީ 6 ގްލޯބަލް ކޮންސޯޓިއަމް މީޓިންގ، ދިރާގުން އިންތިޒާމްކޮށްގެން 7 އިން 11 ސެޕްޓެންބަރ އަށް ކާމިޔާބުކަމާއެކު ރާއްޖޭގައި ބާއްވައިފިއެވެ. މާލޭގައި ކުރިއަށް ދިޔަ މި ބައްދަލުވުންތަކުގައި ދުނިޔޭގެ އެކ...

12 Sep 2025 | 12:21
ދިރާގުން ބޭއްވި އެ ބައްދަލުވުމުގެ ބައިވެރިން -

ދިރާގުން ބޭއްވި އެ ބައްދަލުވުމުގެ ބައިވެރިން -

ސީ-މީ-ވީ 6 ގްލޯބަލް ކޮންސޯޓިއަމް މީޓިންގ، ދިރާގުން

އިންތިޒާމްކޮށްގެން 7 އިން 11 ސެޕްޓެންބަރ އަށް

ކާމިޔާބުކަމާއެކު ރާއްޖޭގައި ބާއްވައިފިއެވެ.

މާލޭގައި ކުރިއަށް ދިޔަ މި ބައްދަލުވުންތަކުގައި ދުނިޔޭގެ

އެކި ކަންކޮޅުތަކުން މުހިންމު ސްޓޭކްހޯލްޑަރުން ބައިވެރިވެ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް

ސިސްޓަމްގެ ކުރިމަގާއި ރާވައިފައިވާ ކަންކަމާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމަކީ ދެކުނު އިރުމަތީ

އޭޝިއާ، މެދު އިރުމަތި އަދި ހުޅަނގު ޔޫރަޕް ގުޅުވައިދޭ ބައިނަލްއަގުވާމީ ގުޅުންތައް

ހަރުދަނާ ކުރުމަށް ފަރުމާކޮށްފައިވާ މުހިންމު އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓެކެވެ.

މި ޒަމާނީ ކޭބަލް ސިސްޓަމްގެ ސަބަބުން ހައި ސްޕީޑް އިންޓަރނެޓް އަދި ފެންވަރު ރަނގަޅު

މުވާސަލާތީ ހިދުމަތްތައް އެތައް މިލިއަން ބަޔަކަށް ލިބިގެންދާނެއެވެ.

މި ގޮތުން، ދިރާގުގެ މި ބޮޑު އިންވެސްޓްމެންޓްގެ ސަބަބުން

ދެކުނު އޭޝިއާ، މެދު އިރުމަތި އަދި ޔޫރަޕްގެ މުހިންމު އިންޓަރނެޓް އެކްސްޗޭންޖް ޕޮއިންޓްތަކާއި

ޑޭޓާ ސެންޓަރުތަކުގެ ހިދުމަތްތައް ރާއްޖެއަށް ލިބި ޑިޖިޓަލް އިގްތިސާދައް ބޭނުންވާ

މުހިންމު ހިދުމަތްތައް ލިބިގެންދާނެއެވެ.

ސީ-މީ-ވީ 6 ކޮންސޯޓިއަމްގެ ބައިވެރިންނަށް މަރުހަބާ

ކިއުމަށް ބޭއްވި ހާއްސަ ހަފްލާގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ ވަނީ  މި ކޮންސޯޓިއަމްގެ ބައިވެރިންގެ އަގުހުރި މަސައްކަތް

ފާހަގަކުރައްވައި އެ ފަރާތްތަކުން ދެމުންގެންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފައެވެ.

މީގެ އިތުރުން މި ޕްރޮޖެކްޓަކީ ދިރާގުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ޕްރޮޖެކްޓެއްކަން

ފާހަގަކުރައްވައި، މި ޕްރޮޖެކްޓްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކުރިއަރައި،

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި އިގްތިސޯދު އިތުރަށް ތަރައްގީކުރުމަށް މަގުފަހިވެގެންދާނެއެވެ.

ސީ-މީ-ވީ 6 ކޮންސޯޓިއަމްގައި ދުނިޔޭގެ އެންމެ ވަރުގަދަ

ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތައް ހިމެނެއެވެ.

މި ކޮންސޯޓިއަމްގެ ތެރޭގައި ހިމެނޭ ކުންފުނިތަކުގެ ތެރޭގައި، ބިޔޯން ބީއެސްސީ (ބަޓެލްކޯ،

ބަހްރެއިން)، ބަންގްލަދޭޝް ސަބްމެރިން ކޭބަލްސް ޕްރައިވެޓް ލިމިޓެޑް (ބީއެސްސީސީއެލް،

ބަންގްލަދޭޝް)، ބާރްތީ އެއަރޓެލް ލިމިޓެޑް (އިންޑިއާ)، ޗައިނާ ޔުނައިޓެޑް ނެޓްވޯކް

ކޮމިއުނިކޭޝަންސް ގްރޫޕް ކޮމްޕެނީ ލިމިޓެޑް (ޗައިނާ ޔުނިކޮމް)، ޖިބޫޓީ ޓެލެކޮމް، މައިކްރޮސޮފްޓް

(އެމެރިކާ)، މޮބިލީ (ސައޫދީ އަރަބިއްޔާ)، އޮރެންޖް (ފްރާންސް)، ޕީސީސީޑަބްލިއު ގްލޯބަލް،

ސިންޓެލް (ސިންގަޕޫރު)، ސްރީލަންކާ ޓެލެކޮމް، ޓެލެކޮމް އިޖިޕްޓް، ޓެލެކޮމް މެލޭޝިއާ،

ޓެލިން (އިންޑޮނޭޝިއާ) އަދި ޓްރާންސް ވޯލްޑް އެސޯސިއޭޓްސް (ޕާކިސްތާން) ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް