އެންމެ ފިނި ހިޓާޗީ ޑީލް ޕްރޮމޯޝަނުން ލިބޭ އިނާމު -
އެސްޓިއޯއިން ވިއްކާ ހިޓާޗީ
ބްރޭންޑަށް ހާއްސަކޮށް "އެންމް ފިނި ހިޓާޗީ ޑީލް" ގެ ނަމުގައި ވަރަށް
ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަންގައި
އެސްޓީއޯއިން ވިއްކާ ހިޓާޗީ އެސީ ތަކުން 1000ރ އަށް ވުރެ މަތިން ވިޔަފާރި ކުރައްވާ
ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބިގެންދާނޭކަމަށާއި މި ކޫޕަން ބޭނުން ކުރައްވައިގެން ވަރަށް ހާއްސަ ލަކީ
ޑްރޯއެއްގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެންދާނޭކަމަށް އެސްޓީއޯއިން ބުނެއެވެ.
އެގޮތުން
ލަކީ ޑްރޯއިން ހޮވޭ
ނަސީބުވެރި ފަރާތަށް ޝީޝާ ހޮންޑާ ސްޕޯޓްސް އެޑިޝަންގެ އެއަރ ބްލޭޑް 125 އެއް
ލިބިގެންދާނޭކަން އެސްޓީއޯއިން ފާހަގަކުރެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ
އެސްޓީއޯ ޕީޕަލްސް ޗްއިސްގައެވެ. އިއްޔެ ފެށި މި ޕްރޮމޯޝަންގެ އެންމެ ފަހު ތާރީޚަކީ 11 އޮކްޓޯބަރ 2025 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް