ތުއްތު ކުއްޖާ ދައުލަތަށް ނެގި މައްސަލަ މީހަކު އެޗްއާރުސީއެމަށް ހުށަހެޅުމުން ބަލަން ފަށައިފި

އުފަންވިތާ ތިން ދުވަސް ތެރޭ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ތުއްތު ކުއްޖާގެ މައްސަލައިގައި އަމަލުކޮށްފައިވާ ގޮތް ބަލަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފި އެވެ. އުމ...

12 Aug 2026 | 18:35
އެޗްއާރުސީއެމްގެ ރައީސް -- ފޮޓޯ: ރައީސް އޮފީސް

އެޗްއާރުސީއެމްގެ ރައީސް -- ފޮޓޯ: ރައީސް އޮފީސް

އުފަންވިތާ ތިން ދުވަސް ތެރޭ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ތުއްތު ކުއްޖާގެ މައްސަލައިގައި އަމަލުކޮށްފައިވާ ގޮތް ބަލަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

އުމުރުން 25 އަހަރުގެ އަންހެނަކު ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި އޭނާ ވިހޭ އެ ދަރިފުޅު ނުރުހުމުގައި ވަނީ ދައުލަތަށް ނަގާފައި އެވެ. ދައުލަތަށް ނެގިކަން އަންގައި ފޮނުވި ސިޓީ އޭނާ ހާމަކުރި އިރު އޭގައި ބުނެފައިވަނީ އަންހެން މީހާގެ އަތުގެ ނުކުޅެދުންތެރިކަމެއް ހުރުމާއި އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި އެހީވާނެ އާއިލާގެ އިތުރު މީހަކު ނެތުމުން އެ ކުއްޖާ ދަތުލަތަށް ނަގަން ނިންމީ ކަމަށެވެ.

މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ޖެންޑާ މިނިސްޓްރީން ބަޔާނެއް ނެރެ އެކަން ދިފާއު ކުރި ނަމަވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެޗްއާރުސީމުން ބުނީ ވިހެއުމަށްފަހު މަންމަ އެދޭ ގޮތާ ޚިލާފަށް ތުއްތު ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެ ހުށަހެޅި ޝަކުވާއެއް ތަޙުޤީޤުކުރަން ފަށާފައިވާ ކަމަށެވެ.

އެ ޝަކުވާ ކޮމިޝަނަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ. އެޗްއާރުސީއެމުން ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި މައްސަލަ އާއި ގުޅުން ހުރި މައުލޫމާތުތަކަށްވެސް ބަލަމުންދާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން ކަމާ ބެހޭ އިދާރާތަކަށް އަމާޒުވެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ސަބަބާ މެދު ޢާންމުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.

މިކަމާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އުފަންވިތާ ތިން ދުވަސް ތެރޭ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ތުއްތު ކުއްޖާގެ މައްސަލައިގައި ޤާނޫނާ އެއްގޮތަށް ޢަމަލުކޮށްފައިވާނެ ކަމަށެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ކުއްޖެއްގެ ރައްކާތެރިކަމާ މެދު ކަންބޮޑުވުން އޮތް ނަމަވެސް އެންމެ ފުރަތަމަ ބަލާނީ މައިންބަފައިންގެ ގާތުގައި ބައިތިއްބައިގެން ޙައްޤުތައް ޙިމާޔަތްކުރެވޭތޯ ކަމަށެވެ. އެ ގޮތް ނާކާމިޔާބުވެއްޖެ ނަމަ އާއިލާގެ ތެރެއިން ރައްކާތެރިކަން ދެވޭނެ ފަރާތެއް ހޯދައި އެއިން އެއްވެސް ގޮތެއް ނެތް ޙާލަތުގައި އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާނެ ކަމަށް ބަޔާނުގައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެ އަންހެން މީހާއަށް ދަރިފުޅު ލިބުނީ ކައިވެނިން ބޭރުގައި އެވެ. އުތުރުގެ ރަށަކަށް ނިސްބަތްވާ އެ އަންހެން މީހާ ވިހެއީ އަތޮޅު ތެރޭގެ ހޮސްޕިޓަލެއްގައި އެވެ. އޭނާ ތުހުމަތު ކުރި ގޮތުގައި ވިހޭ ދަރިފުޅު ދައުލަތުން ވަނީ މާލެ ގެނެސް އާއިލާ އަކާއި ހަވާލުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް