ލަގެޖުގައި ފޮރުވައިގެން ކެނަބިސް އެތެރެ ކުރަން އުޅުނު އިންޑިއާ މީހަކު ހައްޔަރު ކޮށްފި

ރާއްޖެއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް ހިފަހައްޓައިފި އެވެ. ކަސްޓަމްސް އިން ބުނީ މިމަހުގެ ފަސް ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެތަކެތި އަތުލައިގަތީ ވެލާނާ އިންޓަނޭޝަނަލް...

12 Aug 2026 | 17:49
ކަސްޓަމްސްއިން މީގެ ކުރިން އަތުލައިގަތް މަސްތުވާތަކެތިތަކެއް -- ފޮޓޯ: ކަސްޓަމްސް

ކަސްޓަމްސްއިން މީގެ ކުރިން އަތުލައިގަތް މަސްތުވާތަކެތިތަކެއް -- ފޮޓޯ: ކަސްޓަމްސް

ރާއްޖެއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް ހިފަހައްޓައިފި އެވެ.

ކަސްޓަމްސް އިން ބުނީ މިމަހުގެ ފަސް ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެތަކެތި އަތުލައިގަތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. މި އޮޕަރޭޝަންގައި ހިފަހައްޓާފައިވަނީ 450 ގްރާމުގެ ކެނަބިސްއެވެ.

އެ އިދާރާއިން ބުނީ މި އޮޕަރޭޝަން ހިންގީ އިންޑިއާއިން ރާއްޖެ އައި މީހެއްގެ ލަގެޖުގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވިގެން ކަމަށެވެ. މަސްތުވާތަކެތި ފޮރުވާފައި ހުރީ އެމީހާގެ ލަގެޖުގައި އެވެ.

މި މައްސަލައިގަ ހިފެހެއްޓި މީހާ ފުލުހުންނާއި ހަވާލު ކުރިކަން ނުވަތަ ނޫންކަން ހާމައެއް ނުކުރެ އެވެ.

މި ފަހުން ރާއްޖެއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެ ކުރުމުގައި އިންޑިއާ މީހުންގެ ބައިވެރިވުން ވަރަށް ބޮޑެވެ. ގިނަ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުން ކޯޓަށް ހާޒިރު ކުރުމުން ބުނެފައިވަނީ ގެނެވިފައިވަނީ މަސްތުވާތަކެތިކަން ނޭނގޭ ކަމަށެވެ.

މި މައްސަލައިގަ އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ވަނީ ރާއްޖެއަށް ދަތުރު ކުރާ އިންޑިއާ މީހުން އެހެން މީހުން ދޭ އެއްޗިއްސާއި ހަވާލުވުމަށް ސަމާލުވުމަށް އިލްތިމާސްކޮށް އެލާޓެއްވެސް ނެރެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް