ރޯދަ މަހު ކެފޭ/ރެސްޓޯރެންޓު ހުޅުވޭނީ މެންދަމު ތިނަކަށް، ފިހާރަތައް ދަންވަރު އެކަކަށް

ކުރިއަށް އޮތް ރަމަޟާން މަހު ރޭގަނޑު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނާއި، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. ...

10 Feb 2026 | 10:52
N/A

N/A

ކުރިއަށް އޮތް ރަމަޟާން މަހު ރޭގަނޑު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނާއި،

މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިޤްތިޞާދީ ތަރައްޤީއާއި

ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ކޮންމެ އަހަރެއްގެ

ރަމަޟާން މަހާ ދިމާކޮށް އާންމުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމު

ހަމަޖެއްސުމަށްޓަކައި އެފަދަ ތަންތަނުން ޚިދުމަތް ދޭ ގަޑިތަކަށް މިނިސްޓްރީން ވަނީ

ބަދަލު ގެންނަވާފައިވާކަމަށް އެ ވުޒާރާއިން ވަނީ މަޢުލޫމާތު ދީފައެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އާންމުކުރައްވާފައިވާ

ގޮތުން، ރަމަޟާން މަހު ކެއިން ބުއިމުގެ ޚިދުމަތް ދޭ ތަންތަން ހުޅުވާފައި

ބެހެއްޓޭނީ ކޮންމެ ދުވަހަކުވެސް ހަވީރު 05:30 އިން ފެށިގެން މެންދަމު 03:00 ޖެހުމާ

ހަމައަށެވެ. އަދި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު މިފަދަ

ތަންތަން ހުޅުވާފައި ބެހެއްޓޭނީ ކޮންމެ ދުވަހަކު ފަތިހު 04:30 އިން މެންދަމު 03:00

އަށެވެ.

މީގެ އިތުރުން، މުދާ ވިއްކާ ތަންތަން ނުވަތަ ފިހާރަތައް ހުޅުވާފައި

ބެހެއްޓޭނެ ގަޑިތައްވެސް އެ ވުޒާރާއިން ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން

އަންގާރަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ނިޔަލަށް،

މުދާ ވިއްކާ ތަންތަން ފަތިހު 05:30 އިން ފެށިގެން މެންދަމު 01:00 ޖެހުމާ

ހަމައަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ރަމަޟާން މަހަކީ އެހެން މަސްމަހާ ޚިލާފަށް ހުރިހާ ދާއިރާއަކުންވެސް ޚިދުމަތް

ދޭ ގަޑިތަކަށް ބޮޑެތި ބަދަލުތަކެއް އަންނަ މަހެކެވެ. ޚާއްޞަކޮށް ކެއިން ބުއިމުގެ

ޚިދުމަތް ދޭ ތަންތަނުން ދުވާލުގެ ގަޑިތަކުގައި ޚިދުމަތް ދިނުން މެދުކަނޑާލާއިރު،

ރޭގަނޑުގެ ވަގުތުތަކުގައި އާންމުންނަށް ފަސޭހަވާނެހެން ގިނަ ވަގުތު ހުޅުވާފައި

ބެހެއްޓުމުގެ ފުރުޞަތު ސަރުކާރުން އަބަދުވެސް ފަހިކޮށްދެއެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ

މިމަހުގެ 18 ވާ ހޯމަ ދުވަހެވެ. މި ބަދަލުތަކާއެކު ރަމަޟާން މަހުގެ ރޭގަނޑު

ވަގުތުތަކުގައި ވިޔަފާރި ކުރުމާއި ކެއިން ބުއިމުގެ ޚިދުމަތް ހޯދުމުގައި

އާންމުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް