އަތޮޅު އިޙްޔާ ފޯރަމް މި ރަމަޟާން މަހު 10 ރަށެއްގައި ބާއްވަނީ

1447 ވަނަ އަހަރުގެ ރަމަޟާން މަހު އަތޮޅު އިޙްޔާ ފޯރަމް 10 ރަށެއްގައި ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހަމަޖައްސައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި ފޯރަމްތައް ބާއްވާނެ ރަށްތައް ފަ...

10 Feb 2026 | 09:51
N/A

N/A

1447 ވަނަ އަހަރުގެ ރަމަޟާން މަހު އަތޮޅު އިޙްޔާ ފޯރަމް 10 ރަށެއްގައި

ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ފޯރަމްތައް ބާއްވާނެ

ރަށްތައް ފައިނަލްކޮށްފައިވަނީ ރަށްރަށުގެ ކައުންސިލްތަކުން ހުށަހެޅި ޕްރޮޕޯސަލްތަކަށާއި،

އެ ރަށްރަށުގައި ޕްރޮގްރާމް ހިންގުމަށް ހުރި ތައްޔާރީތަކާއި އިންތިޒާމުތަކަށް ބެލުމަށްފަހު

ކަމަށެވެ. އެގޮތުން ފޯރަމްތައް ބާއްވާނީ ތިނަދޫ ސިޓީ، ތ. ދިޔަމިގިލި، ގދ. މަޑަވެލި،

ގދ. ގައްދޫ، ހއ. އިހަވަންދޫ، ޅ. ނައިފަރު، ކ. ހިންމަފުށި، ކ. ގުރައިދޫ، ލ. މާވަށް އަދި

ރ. މީދޫގައި ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި ސިލްސިލާ ފޯރަމްތައް ފެށޭނީ 3 ރަމަޟާން (20 ފެބްރުއަރީ)

ގައި ތ. ދިޔަމިގިލީގައި ބާއްވާ ފޯރަމުންނެވެ. އެ ފޯރަމްގެ މައުޟޫއަކީ "ރަމަޟާން

މަހުގެ މާތްކަން" ކަމަށްވާއިރު، ފޯރަމް ނިމޭނީ 22 ރަމަޟާން (11 މާރިޗު) ގައި ރ.

މީދޫގައި "ދީނުގައި ސާބިތުވުން" މައުޟޫއަށް ބާއްވާ ފޯރަމުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ފޯރަމްތަކުގެ މައިގަނޑު

މަގުސަދަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ރަމަޟާން މަހުގެ މަންފާ ފުރިހަމަ ގޮތުގައި

އާންމުންނަށް ފޯރުކޮށްދިނުން ކަމަށެވެ. މީގެ އިތުރުން ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ

މެދުގައި ގުރުއަތުލައިގެން ނަސީބުވެރިންނަށް އަގުހުރި އިނާމުތައް ދިނުމަށްވެސް ވަނީ

ހަމަޖެހިފައި ކަމަށް އެ ވުޒާރާއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް