N/A
ދިރާގު ލިމިޓެއްނެތް ފައިބަރ
ބްރޯޑްބޭންޑް ޕެކޭޖްތަކަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް އިއުލާނުކޮށްފިއެވެ.
ދިރާގުން މަޢުލޫމާތުދެއްވާގޮތުގައި މި ޕްރޮމޯޝަން މެދުވެރިކޮށް ހިލޭ ސްމާޓް
ކެމެރާ އާއިއެކު ކޮންމެ ހަފުތަކާއަކު 65 އިންޗީގެ ޓީވީއެއް ހޯދުމުގެ ފުރުސަތު
ލިބިގެންދާނެއެވެ.
"ދިރާގު ލިމިޓެއްނެތް ފައިބަރ
ބްރޯޑްބޭންޑް ޕެކޭޖްތައް މިހާރު ވެސް ބޭނުންކުރަމުންދާ ކަސްޓަމަރުންގެ ތެރެއިން
ޕެކޭޖް އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށް އަދި އަލަށް މި ހިދުމަތް ހޯދާ
ފަރާތްތަކަށް މި އަގު ހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ، މި
ޕްރޮމޯޝަން ކުރިއަށްދާނީ 8 އިން 31 ޖަނަވަރީ 2026ގެ ނިޔަލަށް" ދިރާގުން
ބުނެފައިވެއެވެ.
ދިރާގުން މަޢުލޫމާތުދެއްވާގޮތުގައި މި ޕްރޮމޯޝަންގެ ދަށުން، ލިމިޓެއްނެތް
ފައިބަރ ބްރޯޑްބޭންޑްގެ 30 އެމް.ބީ.ޕީ.އެސް ނުވަތަ އެއަށްވުރެ މަތީ ސްޕީޑެއްގެ
އައު ކަނެކްޝަނެއް ނަގާ ކަސްޓަމަރުންނަށް ހިލޭ 'އިންޑޯ ސްމާޓް ކެމެރާ' އެއް
ލިބޭނެއެވެ. އަދި 50 އެމް.ބީ.ޕީ.އެސް އިން ފެށިގެން މަތީގެ ޕެކޭޖެއް ހިޔާރުކުރާ
ފަރާތްތަކަށް 'އިންޑޯ އަދި އައުޓްޑޯ ސްމާޓް ކެމެރާ ބަންޑްލް' އެއް މުޅިން ހިލޭ
ލިބިގެންދާނެއެވެ.
މީގެ އިތުރުން، މިހާރު ވެސް ލިމިޓެއްނެތް ފައިބަރ ބޭނުންކުރައްވާ
ކަސްޓަމަރުންގެ ތެރެއިން، މި ޕްރޮމޯޝަންގެ މުއްދަތުގައި 30 އެމް.ބީ.ޕީ.އެސް ނުވަތަ
އެއަށްވުރެ މަތީ ސްޕީޑަކަށް ކަނެކްޝަން އަޕްގްރޭޑް ކުރައްވާ ފަރާތްތަކަށް ވެސް
'އިންޑޯ އަދި އައުޓްޑޯ ސްމާޓް ކެމެރާ ބަންޑްލް' އެއް ހިލޭ ލިބޭނެ ކަމަށާއި މިއީ
ހަލުވި ސްޕީޑުގެ އިންޓަރނެޓާއެކު ގޭތެރޭގެ ރައްކާތެރިކަން އިތުރަށް
ވަރުގަދަކުރުމަށް ލިބިގެންދާ ރަނުގެ
ފުރުސަތެއްކަމަށްވެސް ދިރާގުން ބުނެއެވެ.
"ހިލޭ ލިބޭ ކެމެރާގެ އިތުރުން، މި ޕްރޮމޯޝަންގެ މުއްދަތުގައި ލިމިޓެއްނެތް
ފައިބަރ ހިދުމަތް އަލަށް ހޯދާ ފަރާތްތަކާއި، ހިދުމަތް އަޕްގްރޭޑް ކުރާ ހުރިހާ
ކަސްޓަމަރުން ކޮންމެ ހަފުތާއަކު ބާއްވާ ހާއްސަ ގުރުއަތެއްގައި ބައިވެރިވެވޭނެ، މި
ކެމްޕޭނުގެ ތެރޭގައި ޖުމްލަ ހަތަރު ގުރުއަތުލުން ކުރިއަށްދާއިރު، ކޮންމެ
ހަފުތާއަކު ހޮވޭ ނަސީބުވެރިއަކަށް 65 އިންޗީގެ ސްމާޓް ޓީވީއެއް ލިބިގެންދާނެ"
ދިރާގުން ބުނެފައިވެއެވެ.
ދިރާގުން އިތުރަށް ބުނެފައިވާގޮތުގައި މި ޕްރޮމޯޝަނަކީ އިތުބާރުހުރި، ހަލުވި
ފައިބަރ ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށާއި، ސްމާޓް ހޯމް ސޮލިއުޝަންތަކާއި
ހިތްގައިމު އިނާމުތަކާއެކު ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް
ފުރިހަމަކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ
ހަރަކާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް