N/A
ދިރާގު ފިންޓެކްއިން ކުރިއަށް ގެންދާ ދިރާގުޕޭ ޑައުންލޯޑުކޮށް
ރަޖިސްޓަރީކޮށްގެން 50،000 ރުފިޔާ ހޯދުމުގެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު
31 ޑިސެންބަރު 2025ގެ ނިޔަލަށް ހަމަވާނެއެވެ.
މި ޕްރޮމޯޝަންގެ ދަށުން ދިރާގުޕޭއަށް ރަޖިސްޓަރީކޮށްފައިވާ
އަދި އަލަށް ރަޖިސްޓަރީކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް
މި އަގުހުރި އިނާމު ލިބިގެންދާނެއެވެ. މި ގޮތުން، ދިވެހިރާއްޖޭގެ މޮބައިލް ނަންބަރެއް
ގެންގުޅޭ ކޮންމެ ފަރާތަކަށް ވެސް ދިރާގުޕޭއަށް ރަޖިސްޓަރީކުރެވޭނެއެވެ.
ދިރާގު ފިންޓެކް އިން ވަނީ ދާދި ފަހުން 1 ރުފިޔާއަށް
ކޮފީ ލިބޭ ޕްރޮމޯޝަނެއް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮމޯޝަންއަށް
ވަރަށް ގިނަ ފަރާތްތަކެއްގެ ތަރުހީބުވަނީ ލިބިފައެވެ. މިއީ، ދިރާގުޕޭގެ މާޗަންޓުންނާއި
ގުޅިގެން ކަސްޓަމަރުންނާ ހަމައަށް ތަފާތު އޮފަރތައް ގެނެސްދިނުމަށް ދިރާގުޕޭއިން ދޭ
އިސްކަން ދައްކުވައިދޭ ކަމެކެވެ.
ދިރާގުޕޭ އީ-ވޮލެޓްއިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި،
ބިލް ސްޕްލިޓިންގ، ސަބް ވޮލެޓް، ޕިއަރ-ޓު-ޕިއަރ ޓްރާންސްފަރ، ފަވަރަ ޓްރާންސްފަރ އަދި
ބިލަށް ފައިސާދެއްކުން ފަދަ ކަސްޓަމަރުންނަށް ބޭނުންތެރި ހިދުމަތްތައް ހިމެނެއެވެ.
މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ
އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް
ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. ދިރާގު
ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް
ފޯރުކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް