ރަމަޟާން މަހާއި ދިމާކޮށް ކުނި ނަގާ ވަގުތުތަކަށް ބަދަލުތަކެއް

ރަމަޟާން މަހާއި ދިމާކޮށް މާލެ ސަރަޙައްދުގައި ކުނި ނަގާނެ ވަގުތުތަކަށް ބަދަލު ގެނެސްފައިވާ ކަމަށް  ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ބުނެފިއެވެ. ވެމްކޯއިން ބުނީ  ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުނ...

07 Feb 2026 | 04:57
ވެމްކޯގެ މުވައްޒަފަކު ކުނި ނެގުމުގައި - ފައިލް ފޮޓޯ: ދުވަސް

ވެމްކޯގެ މުވައްޒަފަކު ކުނި ނެގުމުގައި - ފައިލް ފޮޓޯ: ދުވަސް

ރަމަޟާން މަހާއި ދިމާކޮށް މާލެ ސަރަޙައްދުގައި ކުނި ނަގާނެ ވަގުތުތަކަށް

ބަދަލު ގެނެސްފައިވާ ކަމަށް  ވޭސްޓް

މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ބުނެފިއެވެ.

ވެމްކޯއިން ބުނީ  ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން އަންނަ އާދިއްތަ

ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން މާލެ ސަރަހައްދުގައި ކުނި ނަގާނެ

ވަގުތުތަކަށް ބަދަލު ގެނެސްފައިވާކަމަށެވެ.

އެގޮތުން ކުނި ނަގާނެ ވަގުތުތަކަށް ގެނެސްފައިވާ ބަދަލުތަކަކީ:

- މާލޭ ގޭބިސީތަކުން ކުނި ނެގުމަށް ރޭގަނޑު 20:30 އިން ފެށިގެން 2:00އާ ހަމައަށް

- ހުޅުމާލެ ގޭބިސީތަކުން ކުނި ނެގުމަށް ރޭގަނޑު 21:00 އިން 2:30އާ ހަމައަށް

- ވިލިމާލެއިން ކުނި ނެގުމަށް ރޭގަނޑު 21:00 އިން 1:00އާ ހަމައަށް

އެހެން މަސްތަކާ ޙިލާފަށް ރޯދަމަހަކީ ގޭބިސީތަކުން ކުނި އުފައްދާ މިންވަރު އިތުރު

މައްސަރަކަށްވެ، ރޯދަމަހުވެސް ވަކި ގަޑިތަކެއްގައި މާލެ ސަރަހައްދުން ކުނި

ނެގުމުގެ ޙިދުމަތް ކޮންމެ ދުވަހަކުވެސް ވެމްކޯއިން ފޯރުކޮށްދޭނެ ކަމަށްވެސް ވެމްކޯއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް