ދިރާގުން މީޑިއާނެޓްއާއި ގުޅިގެން އެމް.ޓިވީ މޮބައިލް ސްޓްރީމިންގެ ޙިދުމަތް ތަޢާރަފުކޮށްފި

ދިރާގުން މީޑިއާނެޓްއާއި ގުޅިގެން، މުނިފޫހިފިލުވުމުގެ ހިދުމަތްތައް ހިމެނޭ ހާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފިއެވެ. މި ޕަރޓްނަޝިޕްގެ ދަށުން، ދިރާގުގެ މުވާސަލާތީ ހިދުމަތްތަކާއެކު މީޑިއާނެޓްގެ މުނިފޫހިފިލު...

05 Feb 2026 | 09:54
N/A

N/A

ދިރާގުން މީޑިއާނެޓްއާއި ގުޅިގެން، މުނިފޫހިފިލުވުމުގެ ހިދުމަތްތައް ހިމެނޭ ހާއްސަ

ޕެކޭޖުތަކެއް ތައާރަފުކޮށްފިއެވެ.

މި ޕަރޓްނަޝިޕްގެ ދަށުން، ދިރާގުގެ މުވާސަލާތީ

ހިދުމަތްތަކާއެކު މީޑިއާނެޓްގެ މުނިފޫހިފިލުވުމުގެ ކޮންޓެންޓްތައް މިހާރު

ލިބިގެންދާނެއެވެ.

މި އެއްބަސްވުމުގެ ދަށުން ކަސްޓަމަރުންނަށް މަގުބޫލު ޓީވީ ޗެނަލްތަކާއި،

ބޭނުންވަގުތަކު ބަލާލެވޭ 'އޮން-ޑިމާންޑް' ކޮންޓެންޓްގެ އިތުރުން، ކުޅިވަރުގެ

މެޗުތައް ފަސޭހަކަމާއިއެކު އަގުހެޔޮކޮށް ބަލާލުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އަދި އަލަށް ތައާރަފުކުރި މީޑިއާނެޓް ބަންޑަލްތައް ފަރުމާކޮށްފައިވަނީ

ކަސްޓަމަރުން ބޭނުންވާ އެކި އެކި ބޭނުންތަކަށް ބިނާކޮށެވެ.

އެގޮތުން އެއް މަސްދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ހިޔާރުކުރެވޭ

މި ޕެކޭޖުތަކުގެ އަގުތައް ފެށެނީ މަހަކު އެންމެ 50 ރުފިޔާއިންނެވެ. މީގެ އިތުރުން،

ދިރާގު ކަސްޓަމަރުންނަށް ހާއްސަކޮށްފައިވާ 'ވީޑިއޯ ކްލަބް މޯބައިލް' ޕެކޭޖު

މެދުވެރިކޮށް، ރާއްޖޭގެ މުނިފޫހިފިލުވުމުގެ ތަފާތު ގިނަ އުފެއްދުންތައް މަހަކު

އެންމެ 50 ރުފިޔާއަށް ބަލައިލުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް

ފަހިވެގެންދާނެއެވެ.

މި ހިދުމަތައް ސަބްސްކްރައިބް ކުރުމަށްޓަކައި

ދިރާގު އެޕް މެދުވެރިކޮށް އެމް.ޓީވީ މޯބައިލް ވިތް ދިރާގު ބެނާއަށް ފިއްތާލުމަށްފަހު،

ބޭނުންވާ ޕެކޭޖެއް ހިޔާރުކޮށް 'ސަބްސްކްރައިބް' އަށް ފިއްތާލުމުން ވަގުތުން

ހިދުމަތް އެކްޓިވޭޓްވާނެއެވެ. މި ހިދުމަތުގެ ފައިސާ ކަސްޓަމަރުންގެ ބެލެންސުން

ނުވަތަ މަހު ބިލަށް އިތުރުކޮށްލުމުގެ ފަސޭހަކަންވެސް ލިބިގެންދާނެއެވެ.

ދިރާގުގެ އަމާޒަކީ ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ކަސްޓަމަރުންގެ ދިރިއުޅުމަށް

އިތުރު ފަސޭހަކަމާއި ފުރިހަމަކަން ގެނެސްދިނުމެވެ. މިއީ ރާއްޖޭގެ މުވާސަލާތީ އަދި ޑިޖިޓަލް

ދާއިރާގެ އެންމެ އިސް ކުންފުނީގެ ގޮތުގައި، ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ

އެއްގޮތަށް ދިރާގުން ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކުރުމަށް އެޅުނު މުހިންމު

ފިޔަވަޅެއްކަމަށް ދިރާގުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް