N/A
ބޭންކް އޮފް މޯލްޑިވްސްގެ ސްޓޫޑެންޓް ކާޑު
ކަސްޓަމަރުންނަށް މެލޭޝިއާއަށް އާއިލީ ދަތުރެއް ހޯދުމުގެ ފުރުސަތު ލިބޭ
ޕްރޮމޯޝަނެއް ފަށައިފިއެވެ.
ބީއެމްއެލްއިން ބުނެފައިވާގޮތުގައި މި ޕްރޮމޯޝަން
ކުރިއަށް ދާނީ 1 ޖަނަވަރީ އިން 16 ފެބްރުއަރީ 2026ގެ ނިޔަލަށެވެ. ޕްރޮމޯޝަނުގެ
މުއްދަތުގައި، ޕްރޮމޯޝަނުގައި ހިމެނޭ ފިހާރަތަކުން ބީއެމްއެލްގެ ޕޮއިން އޮފް ސޭލް
(ޕީއޯއެސް) ޓަރމިނަލްތަކުން އަދި ބީއެމްއެލް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް
ސްޓޫޑެންޓް ކާޑުން ކުރާ ހުރިހާ ޓްރާންސެކްޝަނެއް ގުރުއަތުގައި ހިމެނޭނެއެވެ.
ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތަކަށް
ބޮޑު އިނާމުގެ ގޮތުގައި މެލޭޝިއާގެ ލެގޯލޭންޑަށް ދަތުރެއް ލިބޭނެއެވެ.
މިއިނާމަށް ހޮވޭ ފަރާތަކަށް ހަމަޖެހިގެންދާނެ ކަންތައްތަކަކީ:
- މެލޭޝިއާގެ ޖޮހޯރ އަށް އެއާއޭޝިއާއިން ތިން
މީހަކަށް ދެކޮޅު ޓިކެޓު (ކުޑަ ކުއްޖަކާއި ބޮޑު ދެމީހުންނަށް)
- ލެގޯލޭންޑަށް 1 ދުވަހުގެ އެޑްމިޝަން ފާސް
- ޑަބަލް ރޫމެއްގައި 4 ރޭގެ ހުރުން
މީގެ އިތުރުން، ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ
ހަފްތާއަކު 5 ނަސީބުވެރިން ހޮވާނެއެވެ. މިއިން ކޮންމެ ނަސީބުވެރިއަކަށް 2000
ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެއެވެ.
މި ޕްރޮމޯޝަނުގައި ހިމެނޭ ވިޔަފާރިތަކުގެ ލިސްޓު
އަދި އިތުރު މައުލޫމާތު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް