އިންޓަރ އޮފީސް/ކޮމްޕެނީ ނެޓްބޯޅަ މުބާރާތް 2025ގެ ޑިޖިޓަލް ޕަރޓްނަރަކަށް ދިރާގު

އިންޓަރ އޮފީސް/ކޮމްޕެނީ ނެޓްބޯލް މުބާރާތް 2025ގެ ޑިޖިޓަލް ޕަރޓްނަރަކީ ދިރާގެވެ. މި ފޯރިގަދަ ނެޓްބޯޅަ މުބާރާތުގައި ރާއްޖޭގެ އެކި އޮފީސްތަކާއި ކުންފުނިތަކުގެ ޓީމުތައް ވަނީ ބައިވެރިވެފައެވެ. ނެޓްބޯލް އެސ...

04 Dec 2025 | 08:54
N/A

N/A

އިންޓަރ އޮފީސް/ކޮމްޕެނީ ނެޓްބޯލް މުބާރާތް 2025ގެ ޑިޖިޓަލް ޕަރޓްނަރަކީ

ދިރާގެވެ. މި ފޯރިގަދަ ނެޓްބޯޅަ މުބާރާތުގައި ރާއްޖޭގެ އެކި އޮފީސްތަކާއި

ކުންފުނިތަކުގެ ޓީމުތައް ވަނީ ބައިވެރިވެފައެވެ.

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން

1 ޑިސެންބަރު 2025 ގައި ފަށައިފައިވާ މި މުބާރާތް 20 ޑިސެންބަރު 2025 ގެ ނިޔަލަށް ނެޓްބޯލް

ސިންތެޓިކް ޓްރެކުގައި ކުރިއަށްދާނެއެވެ. އަންހެން އަދި ފިރިހެން ޑިވިޝަނަށް

ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގައި މި އަހަރު އަންހެން ޑިވިޝަނުން 21

ޓީމު އަދި ފިރިހެން ޑިވިޝަނުން 4 ޓީމުގެ ހުނަރު ފެނިގެންދާނެއެވެ.

ނެޓްބޯޅައަކީ ދިވެހީންގެ ތެރޭގައި މަގުބޫލު އެއް

ކުޅިވަރެވެ. އަދި، މި މުބާރާތަކީ ރާއްޖޭގައި ނެޓްބޯޅައިގެ އެންމެ މޮޅެތި

ކުޅުންތެރިން ފެނިގެންދާނެ އެއް މުބާރާތެވެ.

ދިރާގުން

ދަނީ ޒުވާނުން ބާރުވެރިކޮށް އަދި ކުޅިވަރާއި އިޖްތިމާއީ ހަރަކާތްތައް ކުރިއަރުވާ

އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ، މި ފަދަ ޕްރޮގްރާމްތައް

ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް