ޝާހީ ޖަމާ މިސްކިތް -
1447 ވަނަ އަހަރުގެ ރަމަޟާން މަސް ފެށެން
ގާތްވެފައިވާ މި ދަނޑިވަޅުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން
އަންނަނީ އެކިއެކި ގޮތްގޮތުން ރަމަޟާން މަހަށް ތައްޔާރުވަމުންނެވެ.
ދުވަހުގެ "ރޯދަ އެކި ކަންކޮޅުތަކުން"
ސެގްމަންޓްގެ މި އާޓިކަލްގައި މި ބަލައިލަނީ އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ
ޝަމްލްގައި ހުންނަ ޝާހީ ޖަމާ ހުކުރު މިސްކިތުން އެ ސަރަހައްދުގެ ޑިސްޓްރިކްޓް
މެޖިސްޓްރޭޓާއި އެ ސަރަހައްދުގެ ފުލުހުންގެ ކިބައިން އެދުނު ޚާއްޞަ އެދުމަކަށެވެ.
އެ މިސްކިތުގެ އަހުލުވެރީން މިއަދު ލިޔުމަކުން
ފުލުހުންނަށާއި މެޖިސްޓްރޭޓު ކުރެން އެދުނީ ރަމަޟާން މަހުގެ ތެރޭގައި ބަންގި
ގޮވުމުގައި ތާޅަފިލި ހަރުކުރުމުގެ ހުއްދައަށެވެ.
އެ މިސްކިތުގައި ކުރީން ހުރި ތާޅަފިލިތައް އިންޑިއާ
ސަރުކާރުން "ނޮއިސް ޕޮލިއުޝަން" ކަމަށް ބުނެ ނަގާފައިވަނީ ނިމިދިޔަ
އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
އެ މިސްކިތުން ބުނަނީ އެ މިސްކިތަކީ އެތައް ހާސް މުސްލިމުންނެއް
ރަމަޟާން މަހު އަޅުކަން ކުރަން އަންނާނެ ތަނެއް ކަމަށާއި އަދި ވަކީން ޚާއްޞަކޮށް
މަޣްރިބް ނަމާދަށް ބަންގި ގޮވާއިރު ގިނަ އަދަދަކަށް މުސްލިމުން ޖަމާވާއިރު ދުރަށް
އަޑު އިވުން މުހިންމު ކަމަށެވެ.
އެ އެދުމަށް އަދި ފުލުހުންނާއި މެޖިސްޓްރޭޓުން ރަސްމީ
ޖަވާބެއް ދީފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް