އެމްޑީޕީގެ އިހުތިޖާޖަށް ފަހު ސޯބެއަށް ދެ ކޮމިޓީއަކުން ޖާގަ ދީފި

ހިތަދޫ އިތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސޯދިގު (ސޯބެ) ރަނގަޅު ކޮމިޓީއަކަށް ނުލައިގެން އިދިކޮޅު އެމްޑީޕީން އިހުތިޖާޖުކޮށްފައި ވަނިކޮށް އޭނާއަށް ދެ ކޮމިޓީއަކުން ޖާގަ ދީފިއެވެ. ސޯބެ ހިތަދޫ މެދު ދާއިރާގެ ...

02 Jul 2026 | 09:54
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސޯދިގު (ސޯބެ) -- ފޮޓޯ: މަޖިލީސް

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސޯދިގު (ސޯބެ) -- ފޮޓޯ: މަޖިލީސް

ހިތަދޫ އިތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސޯދިގު (ސޯބެ) ރަނގަޅު ކޮމިޓީއަކަށް ނުލައިގެން އިދިކޮޅު އެމްޑީޕީން އިހުތިޖާޖުކޮށްފައި ވަނިކޮށް އޭނާއަށް ދެ ކޮމިޓީއަކުން ޖާގަ ދީފިއެވެ.

ސޯބެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ކަމުގެ ހުވާ ކުރެއްވީ މިދިޔަ މަހު ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރައްވައި، މިދިޔަ މަހުގެ އެވެ.

ސޯބެއަށް ޖާގަ ދީފައި ވަނީ ލާމަރުކަޒީ ކޮމިޓީ އާއި އެންވަޔަރަންމަންޓް ކޮމިޓީންނެވެ.

ލާމަރުކަޒީ ކޮމިޓީއަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ހުރިހާ ކަމެއް ބަލައި ދިރާސާކުރާ ކޮމިޓީއެވެ. ލޯކަލް ގަވަމެންޓް އޮތޯރިޓީ އާއި ލޯކަލް ކައުންސިލްތަކާ ގުޅޭ ކަންތައްތައް ބަލާނީ އެ ކޮމިޓީންނެވެ. އެންވަޔަރަންމަންޓް ކޮމިޓީއަކީ ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަން ބަލައި ދިރާސާކުރާ ކޮމިޓީއެވެ.

ސޯބެ ރަނގަޅު ކޮމިޓީއަކަށް ނުލައިގެން ކަންބޮޑުވުން ފާޅުކޮށް މިދިޔަ މަހުގެ 24 ގައި އެމްޑީޕީ މެންބަރުން މަޖިލީހުގައި ކުރި އިހުތިޖާޖާ ގުޅިގެން އެ ޕާޓީގެ ނުވަ މެންބަރުން މަޖިލީހުގެ ތަޅުމުން ނެރުނެވެ.

އެ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ އެއީ އެ ދުވަހު އެކަނި ހިނގައިދިޔަ ކަމެއް ނޫން ކަމަށާއި ސޯބެ މެންބަރުކަމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން އޮތް ކަންބޮޑުވުމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް